Advertisement

ޒުވާނުންނަށް އީވާ ނަސޭހަތް ދެއްވޯީ "ކޮންމެހެން ވެސް ވޯޓްލާން"

17 ޖޫން 2023 - 19:36 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ޔޫތު ޕާލަމެންޓް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. ނަސޭހަތްދެއްވީ ވޯޓްލާން. ފޮޓޯ: މަޖިލީހުގެ އިދާރާ


ޒުވާނުންނަށް އީވާ ނަސޭހަތް ދެއްވޯީ "ކޮންމެހެން ވެސް ވޯޓްލާން"

17 ޖޫން 2023 - 19:36 0

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ޒުވާނުން އަހުލުވެރިކުުރުވަން މަޖިލީހުން ކުރިއަށް ގެންދާ "ޕްރެކްޓިސް ޕާލަމެންޓް ފޯ ޔޫތު"ގެ މިއަހަރުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އެ ޕްރޮގްރާމްގެ ބައިވެރިންނަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ބައެއް ސިޔާސީ ނަސޭހަތްތައް ދެއްވައިފި އެވެ.

ޕްރެކްޓިސް ޕާލަމެންޓް ފޯ ޔޫތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހްމާނުގެ ހައިސިއްޔަތުން އީވާ ވިދާޅުވީ ވޯޓްލާނެ މީހަކު ނެތް ކަމަށް ބުނާ އަޑު މިހާރު ގިނައިން އިވިވަޑައިގަންނަވާ ކަމަށެވެ. އެ ރަސްމިއްޔާތުގައި ހުއްޓިވަޑައިގެން ހުންނެވީ ވޯޓްލާންވީ ވަކި ބަޔަކު ވިދާޅުވާން ނޫންކަން އޭނާ އެހެން ނަމަވެސް ގަބޫލުކުރެއްވި އެވެ.

"އަޅުގަނޑު މިއަދު ހުއްޓިމިހިރީ ވޯޓްލާންވީ ވަކިބަޔަކަށް [ކަން] ބުނާކަށް ނޫން. އަޅުގަނޑު މިއަދު ހުއްޓި މިހިރީ ވޯޓްލައްޗޭ، ވޯޓްލެވޭ މީހާ ހެޔޮނުވާނޭ ވޯޓް ލައްޗޭ [ބުނަން]،" އީވާ ވިދާޅުވި އެވެ.

ނޯޓް ނުލީމާ ވާގޮތެއް ކަަމަށް އޭނާ ދެކެވަޑައިގެންނެވީ، ވޯޓް ނުލީ މީހާގެ އަތުގައި އޮތް ބާރެއްގެ ބޭނުންކުރަން، ވޯޓްލާން ދާ މީހުންނަށް "ޑިފެކްޓޯކޮށް" ލިބުމެވެ.

"އަނެއް މީހާ އަތަށް ދޫކޮށްލެވެނީއޭ ފަސް އަހަރަށް ލިބޭ ވަރަށް ބޮޑު ބާރެއް،" އޭނާ ވިދާޅުވި އެވެ.

ވޯޓްލައިގެން އެންމެ ބޭނުންވާ ގޮތް ނުވެދާނެ ކަމަށާއި އެހެން ނަމަވެސް އެންމެ ބޭނުން ނުވާ ގޮތާ ދުރަށް ދާން ވެސް ވޯޓްލާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރުގެ ޒުވާނުން ސިޔާސީ ކަންކަމާ ނޫޅޭކަމަށް ބައެއް ފަހަރު (ބައެއް މީހުން) ބުނާ ކަމަށާއި އެހެން ނަމަވެސް އެގޮތަށް ދެެކެވަޑައިނުގަނަނަވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުގައި ޒުވާނުން ސިޔާސީ ކަންކަމާ ނޫޅޭ ކަމަށް ވިދާޅުވާ ބޭފުޅުން އެހެން އެ ވިދާޅުވަނީ އެ ބޭފުޅުންނަށް ފަރިތަ ގޮތަށް ޒުވާނުން ނޫޅޭތީ އެވެ.

"އަޅުގަނޑަށް ފެންނަ ތަނުގައި މިހާރުގެ ޒުވާނުންނަށް ވުރެން އެެކްޓިވް، ސިޔާސީ ގޮތުން ހަރަކާތްތެެރި ޒުވާނުންނެއް އަޅުގަނޑަކަށް [ކުރިއަކުން] ނުފެނޭ. އެއީ ތިޔަ ބޭފުޅުން ކަންކަމުގައި ހިޔާލުފާޅުކުރާނެ ގޮތްތައް މާގިނަ. އަޅުގަނޑުމެން އިރުގައި ވެއްޖެއްޔާ ޖެހޭނީ މަގުމައްޗަށް ނުކުންނަން،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުގެ ޒުވާނުން ސިޔާސީ ގޮތުން ހިޔާލުފާޅުކުރަނީ ސޯޝަލް މީޑިއާގައި ކަމަށާއި އެ ވަސީލަތް ބޭނުންކޮށްގެން ސިޔާސީ ހުރިހާ ކަމަކަށް ވެސް ފާޑުކިޔާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.