Advertisement

ސިޓީގެ އެސިސްޓަންޓްގެ ކޯޗަކަށް ހުރި މަރެސްކާ އަށް ލެސްޓާގެ ކޯޗުކަން ހަވާލުކޮށްފި

18 ޖޫން 2023 - 07:28 0


ސިޓީގެ އެސިސްޓަންޓްގެ ކޯޗަކަށް ހުރި މަރެސްކާ އަށް ލެސްޓާގެ ކޯޗުކަން ހަވާލުކޮށްފި

18 ޖޫން 2023 - 07:28 0

ލަންޑަން (ޖޫން 18) - މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗަކަށް ހުރި އިޓަލީގެ އެންޒޯ މަރެސްކާ އަށް ލެސްޓާ ސިޓީގެ ހެޑް ކޯޗުކަން ދީފި އެވެ.

މަރެސްކާ ،43، ލެސްޓާގެ ކޯޗުކަމާ މި ހަވާލުވީ ޗެމްޕިއަންސް ލީގުގެ ސިޓީން ކާމިޔާބުކުރިތާ ހަފުތާއެއް ވެސް ނުވަނީސްއެވެ.

މިދިޔަ ސީޒަންގައި ރެލިގޭޓްވެފައިވާ ލެސްޓާގެ ވަގުތީ ކޯޗަކަށްހުރި ޑީން ސުމިތަށް ދާއިމީ ގޮތުން އެ ޒިންމާތައް އެ ކްލަބުން ހަވާލެއްނުކުރި އެވެ. ސުމިތުގެ އިރުޝާދުގެ ދަށުން ލެސްޓާ ކުޅުނު އަށް މެޗުން މޮޅުވީ ދެ މެޗުންނެވެ.

ސިޓީ ދޫކޮށްލައި ލެސްޓާގެ ކޯޗުކަމާ މަރެސްކާ ހަވާލުވިއިރު، މިދިޔަ ސީޒަނަކީ ސިޓީގެ ތާރިހުގައި ވެސް އެ ކްލަބަށް އެންމެ ކާމިޔާބު ސީޒަނެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕާއި ޕްރިމިއާ ލީގު ވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

ކުރިން އިޓާލީގެ ގިނަ ކްލަބުތަކަކަށް ކުޅުނު މަރެސްކާ ވަނީ މީގެ ކުރިން 2021 ވަނަ އަހަރު ޕާމާ އަށް ކޯޗުކޮށްދީފަ އެވެ. އެކަމަކު، އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު މެޗުން 14 މެޗުގެ ތެރެއިން ޕާމާ މޮޅުވީ ހަތަރު މެޗުންނެވެ. ޕާމާ ވަނީ އެ ސީޒަންގައި ރެލިގޭޓްވެފަ އެވެ.

ލެސްޓާ ރެލިގޭޓްވީ ޕްރިމިއާ ލީގުގައި މެދުނުކެނޑި 10 އަހަރު ހޭދަކުރުމަށް ފަހު އެވެ. މި މުއްދަތުގެ ތެރޭގައި އެ ކްލަބުން ގިނަ ކާމިޔާބީތަކެއް ހޯދިއެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރުން ހިމެނެ އެވެ.