14 ޖޫން 2023 - 13:25 0
އާމިނަތު ނިއުޝާ
މާލޭގެ މަގެއް؛ ސިޓީ ކައުންސިލުން ވަނީ އާންމުތަނެއް އެއްވެސް ކަމަކަށްް ދޫކުރާނަމަ މުޅި ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭކަމަށް ނިންމާފައި -- ފޮޓޯ: އިޔާން/އަދަދު
14 ޖޫން 2023 - 13:25 0
މާލޭގެ އެއްވެސް އާންމު ތަނެއް ކުއްޔަށް ދެވޭނީ ސިޓީ ކައުންސިލުގެ އާންމު ޖަލްސާއަކުންް ފާސްކޮށްގެން ކަމަށް ނިންމައިފި އެވެ.
މި ބަދަލު ގެނައުމަށް ހުށަހަޅާފައި ވަނީ ގަލޮޅު މެދު ދާއިރާގެ ކައުންްސިލަރު ރީހާން ނާޒިމްް އާއި ގަލޮޅު ހުޅަނގު ދާއިރާގެ މެންބަރު ނާޒިމާ މުހައްމަދު ފާއިޒް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފްް ފާތިހު އެވެ. އެކަން ކައުންސިލުގެ ފްލޯއިންް ވަނީ ފާސްކޮށްްފަ އެވެ.
ތިން ކައުންްސިލަރެއްގެ ފަރާތުންް މި މަހުގެ 11 ވަނަ ދުވަހު ސިޓީ ކައުންސިލަށް ހުށަހެޅި ހުށަހެޅުމުގައި ބުނެފައި ވަނީ އާންމު ހުސް ޖާގަތަކާއި، ޕާކާއި، މަގުތަކާއި، ބިން ވަކިކަމަކަށް ބޭނުންކުރުމަށްް ކަނޑައެޅުމާއި އެތަންތަނަށް ބަދަލުގެނައުމަށް ގޮތް ނިންމުމުގައި މުޅި ކައުންސިލަށް ބައިވެރިވެވޭން ވާނެ ކަމަށެވެ.
އަދި އެފަދަ ކަންކަން ފާސްކުރަން ޖެހޭނީ ކައުންސިލުގެ އާންމު ޖަލްސާގައި ދުރާލައި އެޖެންޑާ ކޮށްގެން، ކައުންސިލުގެ އަގުލަބިއްޔަތު އެއްބަސްވާ ވޯޓަކުން ކަމަށް ބުނެފައި ވެއެވެ.
މީގެ ކުރިން އަމަލުކުރަމުން އައި ގޮތަކީ އެފަދަ ބަދަލުތައް ގެނައުމަށް ސިޓީ ކައުންސިލުގެ ކޮމެޓީއަކުން ފާސްކުރަނީ އެވެ. ތިން ކައުންސިލަރުންގެ ހުށަހެޅުމުގައި ބުނެފައި ވަނީ އެގޮތަށް އޮތުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
އަދި މިކަން މިހެން އޮތުމުގެ ސަބަބުން މި ފަހުން އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެފައިވާކަމަށް ވެސް އެ ހުށަހެޅުމުގައި ބުނެފައި ވެއެވެ.
މާލޭގެ އާންމު ތަންތަނާއި މަގުތައް ފަދަ ތަނަކަށް އެއްވެސް ބަދަލެއް ގެންނަ ނަމަ ސިޓީ ކައުންސިލުގެ ހުއްދަ ހޯދަން ޖެހެ އެވެ. އެހެން ނަމަވެސް ޕާކިން ސްލޮޓުތައް ދޫކުރުންް ފަދަ ކަންކަމުގައި ސިޓީ ކައުންސިލުން އަމަލުކުރަނީ ރަނގަޅަށް ނޫން ކަމަށް އަބަދުވެސް ޝަކުވާތައް އަޑު އިވެ އެވެ.
Comment