Advertisement

ބާލަސްކޯނީގެ ހަންދާންތައް އަބަދުވެސް ފުޓްބޯޅައިގައިވާނެ

13 ޖޫން 2023 - 11:07 0

2007 ވަނަ އަހަރު ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު އޭރު އޭސީ މިލާނުގެ ކޯޗު އަންޗެލޮޓީ (ވ) އާއި ވެރިޔާ، ބާލަސްކޯނީ (މ) އަދި ކެޕްޓަން މަލްޑިނީ (ކ)


ބާލަސްކޯނީގެ ހަންދާންތައް އަބަދުވެސް ފުޓްބޯޅައިގައިވާނެ

13 ޖޫން 2023 - 11:07 0

މިލާން (ޖޫން 13) - އޭސީ މިލާން ހިންގެވުމުގައި ނަމޫނާ ދައްކައި، އެ ކްލަބް ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރަކަށް ހެދުމުގެ އިސް މޭސްތިރިޔާ، އަދި އިޓަލީގެ ކުރީގެ ބޮޑުވަޒީރު، ސިލްވިއޯ ބާލަސްކޯނީ އުމުރުން 86 އަހަރުގައި އަވަހާރަވެއްޖެ އެވެ.

ބާލަސްކޯނީ އަކީ 1986 ވަަނަ އަހަރު މިލާން ހިންގުވުމާ ހަވާލުވެ، 2017 ވަނަ އަހަރު އެ ކްލަބް ވިއްކާލުމާ ހަމައަށް އެ ޓީމަށް 29 ތަށި ހޯދައިދޭން އެހީވެދީފަ އެވެ. މި ކާމިޔާބީތަކާ އެކު މިލާން ވަނީ ދުނިޔޭގެ އެންމެ ކާމިޔާބު ކްލަބްތަކުގެ އިސް ސަފަށް އަރައިފަ އެެވެ. އެ ގޮތުން، ބާލަސްކޯނީގެ ދައުރުގައި މިލާނުން ހޯދި އެންމެ ހާއްސަ ކާމިޔާބީ އަކީ ޗެމްޕިއަންސް ލީގު/ ޔޫރަޕިއަން ކަޕް ފަސް ފަހަރު ކާމިޔާބު ކުރުމެވެ.

މިލާނުން ނެރުނު ބަޔާނެއްގައިވަނީ ބާލަސްކޯނީގެ ހަނދާންތައް އަބަދުވެސް އެ ކްލަބާއި މުޅި ދުނިޔޭގެ ފުޓްބޯޅައާ ގުޅުން ވާނެ ކަމަށް ބުނެފަ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ބާލަސްކޯނީ އަކީ ފުޓްބޯޅައިގައި ވަރަށް ހާއްސަ "ވިޝަނަރީ" ލީޑަރެއް ކަމަށް ވިދާޅުވެފަ އެވެ.

މިލާން ދޫކޮށްލުމަށް ފަހު ވެސް ބާލަސްކޯނީ ވަނީ ފުޓްބޯޅަ އަށް އެނބުރި އައިސް ތަފާތު ދައްކައިފަ އެވެ. އެ ގޮތުން، މިލާން ވިއްކާލިތާ 18 މަސް ފަހުން ބާލަސްކޯނީ ވަނީ އިޓަލީގެ ތިން ވަނަ ޑިވިޝަނުގައި އޮތް މޮންޒާގެ 100 ޕަސެންޓް ހިއްސާ ގަނެ، އެ ކްލަބް އިޓަލީގެ ފުރަތަމަ ޑިވިޝަނާ ހަމައަށް ގެނެސްދިފަ އެވެ.

އެ ގޮތުން، ބާލަސްކޯނީ އާއި މިލާންގެ ކުރީގެ ޗީފް އެގްޒެކްޓިވް، އެޑްރިއާނޯ ގަލިއާނީ ކުރި މަސައްކަތުން މޮންޒާ އިޓަލީގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވިއިރު، މިއީ އެ ކްލަބްގެ ތާރީހުގައި މިވީ 110 އަހަރު ތެރޭ އިޓަލީގެ ފުޓްބޯޅައިގެ އެންމެ މަތީ ލީގުގައި އެ ކްލަބްގެ ފުރަތަމަ ފެނިލުމެވެ.

ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން އަންނަނީ ބާލަސްކޯނީގެ ހަނދާންތައް އާ ކުރަމުންނެވެ. ގިނަ ކުޅުންތެރިންގެ ބަހަކީ އަބަދުވެސް ބާލަސްކޯނީގެ ހަނދާންތައް ފުޓްބޯޅައިގައި ދެމި އޮންނާނެ ކަމެވެ.