Advertisement

ވިސާއާ ނުލައި ގެމްބިއާއަށް ދަތުރު ކުރެވޭ ގޮތް ހަދައިފި

12 ޖޫން 2023 - 10:26 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ރާއްޖެއާއި ގެމްބިއާއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން


ވިސާއާ ނުލައި ގެމްބިއާއަށް ދަތުރު ކުރެވޭ ގޮތް ހަދައިފި

12 ޖޫން 2023 - 10:26 0

ރާއްޖެ އާއި ގެމްބިއާ އާ ދެމެދު ވިސާއާ ނުލައި ދަތުރު ކުރެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސައުދީ އަރަބިއްޔާގެ ރިޔާދުގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖެ އާއި ގެމްބިއާ އާ ދެމެދު "މިއުޗުއަލް އެކްޒެމްޕްޝަން އޮފް ވިސާ ރިކުއަމަންޓްސް" އެއްބަސްވުމެއްގައި ސޮއި ކުރީ އިއްޔެ އެވެ.

ފޮރިން މިނިސްޓްރީއިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ރައްޔިތުންނަށް އެއް ގައުމު އަނެއް ގައުމަށް 30 ދުވަހުގެ މުއްދަތަށް ވިސާ ނެތި ދަތުރު ކުރުމަށް މަގުފަހިވާނެ އެވެ. އޭގެ ތެރޭގައި ސިންގަލް ނުވަތަ މަލްޓިޕްލް އެންޓްރީ، އެގްޒިޓް ނުވަތަ ޓްރާންސިޓް ވެސް ހިމެނެ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސައުދީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހަލީލް އެވެ. ގެމްބިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އޮމަރު ޖިބްރީލް ސަލާ އެވެ.

ހުޅަނގު އެފްރިކާގައި އޮންނަ ފަގީރު ގައުމެއް ކަމަށްވާ ގެމްބިއާއަކީ ގުދުރަތީ ރީތި ކަމާއި އެތަނުގެ ވައިލްޑް ލައިފް ޕާކުތަކަށް މަޝްހޫރު ގައުމެކެވެ.

ރާއްޖެއިން ގެމްބިއާ އާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ، ޖުލައި 3, 1989 ގަ އެވެ.