Advertisement

ނައީމާގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދު އިތުރުކޮށްފި

11 ޖޫން 2023 - 17:06 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ : އޭނާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދު އިތުރުކޮށްފި -


ނައީމާގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދު އިތުރުކޮށްފި

11 ޖޫން 2023 - 17:06 0

އޭޕްރީލް 7، ގެ ރޭގަނޑު އިރާކޮޅު މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ނައީމާ، 62، ގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން މި މައްސަލާގައި ފުރަތަމަ ހައްޔަރުކުރި 23 އަހަރުގެ މީހާ (އަހުޒަމް އަބްދުލްޝަކޫރު) މި މަހުގެ އަށަކުން ފެށިގެން ބަންދުގައި ހުރީ ނައިމާގެ މަރުގެ މައްސަލާގައި ކަމަށާއި ކޯޓުން އޭނާގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްދީފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރި 21 އަހަރުގެ މީހާ (އަބްދުލްވާހިދު ރިފާސް) ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ކަމަށެވެ. މާލެއިން ހައްޔަރުކުރި 21 އަހަރުގެ މީހާ (ހުސައިން ފަވާޒު) ގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހާފައިވާ ކަމަށް ވެސް ބުންޏެވެ.

ނައީމާ މަރާލި މައްސަލާގައި ފުރަތަމަ މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 26 ގަ އެވެ. އެ ދުވަހު ފުލުހުން މަނަދޫއިން ދެ މީހަކު ހައްޔަރުކުރިއިރު، ތިންވަނަ މީހަކު މާލެއިން ހައްޔަރުކޮށްފައި މެއި 29 ގަ އެވެ.

އަދި، އެ މީހުން އެ ރަށުތެރޭގައި އުޅުނު ޕްރައިވެޓު ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި މައްސަލައާ ގުޅުން ހުރި އެހެނިހެން ހެކި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކުރުމަށް ފަހު ހުކުރު ދުވަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރަކާއި ނައީމާއަށް ހަަމަލާ ދިން ވަގުތު ގާތިލުން ލައިގެން ތިބި އަންނައުނު ވެސް ފުލުހުން ހޯދާފައިވާ ކަމަށެވެ. އެ ތަކެތި ހޯދީ ވަޅުލައި، އަންދާލާފައި ހުއްޓަ އެވެ.

"މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތަޖުރިބާކާރު، އިންސްޕެކްޓަ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މިމަރުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަހުރުވެރިކަމާއެކު ފާހަގަކުރަން،" ހަމީދު ވިދާޅުވި އެވެ.