Advertisement

ސީޝެލްސްގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފި

11 ޖޫން 2023 - 16:40 0

ނިމާ ހަސަން

ނިމާ ހަސަން

ސީޝެލްސްގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޭނާއަށް އިސްތިގުބާލުކުރައްވަނީ. ފޮޓޯ:ރައީސް އޮފީސް


ސީޝެލްސްގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފި

11 ޖޫން 2023 - 16:40 0

ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން އާއި ފަސްޓް ލޭޑީ ލިންޑާ ރަމްކަލަވަން ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ.

ސީޝެލްސްގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ރައީސް އޮފީހުން ބުނީ ސީޝެލްސްގެ ރައީސަށާއި އޭނާގެ އަނަބިކަނބަލުންނަށް މަރުހަބާ ދަންނަވަން މާދަމާ ރަސްމިއްޔާތެއް ބާއްވާނެ ކަމަށެވެ.

ސީޝެލްސްގެ ރައީސްގެ ދަތުރުފުޅުގައި ރާއްޖެއާއި ސީޝެލްސްއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައި, ދެ ގައުމުގެ ގުޅުން ބަދަހު ކުރުމުގެ ގޮތުން ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރާނެ އެވެ.

ރައީސް އޮފީހުން ބުނީ މިއީ ރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށާއި, މި ދަތުރުފުޅުގެ ސަބަބުން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު އެވެ.