Advertisement

އަފްގާނިސްތާން މިސްކިތެއްގައި އެއްޗެއް ގޮއްވާލައި 11 މީހުން މަރުވެއްޖެ

ހަމަލާއާ ގުޅިގެން އަނިޔާވި މީހުންނަށް ފަރުވާ ދޭން ގެންދަނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް


އަފްގާނިސްތާން މިސްކިތެއްގައި އެއްޗެއް ގޮއްވާލައި 11 މީހުން މަރުވެއްޖެ

އަފްގާނިސްތާނުގެ އިރު އުތުރުގައި ހުންނަ މިސްކިތެއްގެ ތެރޭގައި އެއްޗެއް ގޮއްވާލައި 11 މީހުން މަރުވެ 30 މީހުންނަށް އަނިޔާވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މަރުވި މީހުންނާއި އަނިޔާވި މީހުންގެ ތެރޭގައި ތާލިބާން އޮފިޝަލުން ހިމެނެ އެވެ.

މިސްކިތުގައި ބޮން ގޮއްވާލީ މި ހަފުތާގެ ކުރީކޮޅު ކާރު ބޮމުގެ ހަމަލާއެއްގައި މަރުވި ބަދަކްޝަން ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރުގެ ކަށު ނަމާދު ކުރިއަށް ދަނިކޮށެވެ.

އެ ހަމަލާގެ ޒިންމާ އުފުލީ އިސްލާމިކް ސްޓޭޓް (އައިއެސް) ގްރޫޕުންނެވެ.

އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އައިއެސްއިން ތާލިބާނުންނަށް އަމާޒު ކުރަމުންދާ ހަމަލާތައް ކުށްވެރިކޮށްފަ އެވެ.

އަފްގާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައީ އޯގަސްޓު 2021 ގަ އެވެ. އޭގެ ފަހުން ގައުމުގެ ސެކިއުރިޓީ ރަނގަޅުކޮށްފައިވާ ކަމަށް އެ މީހުން ބުނެ އެވެ.

އެކަމަކު ތާލިބާނުންނާ އެންމެ ވާދަވެރި އައިއެސްގެ ހަމަލާތައް މެދުކެނޑުމެއް ނެތި އަފްގާނިސްތާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކުރެ އެވެ.