Advertisement

ވެލިދޫ އީދުގައި ފޯރިގަދަ ހަތަރު ޝޯއެއް! ބިދަބިން، ޑިޓިއުން އަދި އީސަ ވެސް ވެލިދުއަށް!

10 ޖޫން 2023 - 11:07 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މި އަހަރު ވެލިދޫގައި އީދު ޝޯ ދިނުމަށް ބިދަބިން ގްރޫޕުން ވެލިދޫ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން - ފޮޓޯ: ބިދަބިން


ވެލިދޫ އީދުގައި ފޯރިގަދަ ހަތަރު ޝޯއެއް! ބިދަބިން، ޑިޓިއުން އަދި އީސަ ވެސް ވެލިދުއަށް!

10 ޖޫން 2023 - 11:07 1

މި އަހަރުގެ ބޮޑުއީދު ވަރަށް ފޯރިގަދަކޮށް ފާހަގަކުރުމަށް ނ. ވެލިދޫ ތައްޔާރުވަމުން އަންނަ އިރު، އެ ރަށުގައި އީދުގެ މުނާސަބަތުގައި ހަތަރު ރެއެއްގައި މިއުޒިކް ޝޯ ބާއްވަން ނިންމައިފި އެވެ.

ވެލިދޫގައި އީދު ހަރަކާތްތައް އީދު ވިލޭރޭ ފަށަން ހަމަޖެހިފައިވާއިރު، އީދުގެ ފުރަތަމަ ޝޯ އޮންނާނީ އީދު ދުވަހުގެ ރޭ އެވެ. ރާއްޖޭގެ މަޝްހޫރު ބޭންޑެއް ކަމަށްވާ ޑި ޓިއުންސް އިން ދޭ އެ ޝޯ ފަށާނީ ހަވާއެރުވުމާއެކު އެވެ.

ވެލިދޫގައި އީދުގެ ދެވަނަ ޝޯ ބާއްވާނީ ބިދަބިން ބޮޑުބެރު ގްރޫޕުންނެވެ. އެ ގްރޫޕުން އީދުގެ ދެވަނަ ދުވަހު އެ ރަށުގައި މަގުމަތީ ކުޅިވަރު ކުޅެން ވެސް ހަމަޖެހިފައިވާ ކަމަށް ވެލިދޫ ކައުންސިލުން އާއްމުކުރި އީދު ޝެޑިއުލްގައި އެބަ އޮތެވެ.

އީދުގެ ފުރަތަމަ ދުވަހުގެ ރޭ ވެލިދޫގައި ޝޯ ދިނުމަށް ހަމަޖެހިފައިވާ ޑިޓިއުން ބޭނުންޑުން ޝޯއެއް ދެނީ - ފޮޓޯ: ފޭސްބުކް


ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން "އަދަދު" އަށް ވިދާޅުވީ މި އަހަރުގެ އީދަށް ވެލިދޫއަށް ޒިޔާރަތް ކުރަން ގިނަ ބަޔަކު ރާވަމުން އަންނަކަން ކައުންސިލަށް ވެސް އެނގޭ ކަމަށާއި އުންމީދަކީ ވެލިދޫގައި އަބަދުވެސް ފާހަގަކުރާ ފަދަ ތަފާތު، ފޯރިގަދަ އީދެއް މި އަހަރުވެސް ފާހަގަކުރުން ކަމަށެވެ.

ތިންވަނަ ޝޯ، އީދުގެ ތިންވަނަ ދުވަހުގެ ރޭ ވެލިދޫގައި މަޝްހޫރު ނެށުންތެރިޔާ ޖާދުﷲ ގެ ގްރޫޕުން ޝޯ ދޭން ހަމަޖެހިފައިވާއިރު އީދުގެ ފަހު ރޭ ވެލިދޫގައި ޝޯ ދޭނީ ރާއްޖޭގެ ލެޖަންޑަރީ ލަވަކިޔުންތެރިޔާ އީސަ އެވެ.

ޒަމާނުއްސުރެ އީދު ފާހަގަކުރަން ހިންގާ ހަރަކާތްތަކުގެ ތެރެއިން، މަސްކުޅުން، ދަފިނެގުން، ކޯޑިކުޅުން، ދެލިމާލި ހެދުންފަދަ އެތައް ހަރަކާތްތަކާއި އިތުރު މުބާރާތްތައްވެސް މި އަހަރު ވެލިދޫގައި ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.