Advertisement

ބިޔަ މަޝްރޫއެއްގެ ދަށުން ބެރިޔަންފަރުގައި އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

4 ޖޫން 2023 - 17:08 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ބިޔަ މަޝްރޫއެއްގެ ދަށުން ބެރިޔަންފަރުގައި އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

4 ޖޫން 2023 - 17:08 0

ވައިގެ މަގުން މުޅި ރާއްޖެ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ބެރިޔަންފަރުގައި އެއާޕޯޓެއް އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ސ. ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބެރިޔަންފަރުގައި އަޅަނީ ރ. އަތޮޅުގެ ދެކުނު ބިތަށް އިތުރު ކުރާ އެއާޕޯޓު ކަމަށެވެ.

"ވައިގެ މަގުން ރާއްޖެ ގުޅާލުމުގެ މަސައްކަތް މުޅި ރާއްޖޭގައި އެދަނީ ކުރިއަށް. މިމަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބިތަށް އިތުރުކުރެވޭ އެއާޕޯޓު އަޅާނީ އެއަތޮޅު ބެރިޔަންފަރުގައި،" ރައީސް ވިދާޅުވި އެވެ.

ބެރިޔަންފަރު ކައިރި 47 ރަށް އޮންނައިރު އޭގެ ތެރެއިން 15 ރަށަކީ ރިސޯޓެވެ. އަދި 10 ރަށުގައި މީހުން ދިރިއުޅޭއިރު 22 ރަށް ފަޅަށް އޮވެ އެވެ.

ބެރިޔަންފަރުގައި އެއާޕޯޓު އަޅާނެ ކަމަށް އިއުލާނު ކުރެއްވުމަށްފަހު ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި އެއް ފަހަރާ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްގެން މެނުވީ ހަގީގީ ތަރައްގީ ނުގެނެވޭނެ ކަމަށެވެ.

މުޅިރާއްޖޭގައި އެކީ އެއްފަހަރާ ހިންގަންޖެހޭ މަޝްރޫޢުތަށް ނުހިންގާ ފަރަކުނުޖެހޭނެ. އެފަދަ ހުރިހާ މަޝްރޫޢުއެއް ސަރުކާރުން މިދަނީ ހިންގަމުން. އެއްގަމާ ކަނޑާ ވައިގެ ވިއުގައަކުން މުޅިރާއްޖެ ގަތާލެވިގެން މެނުވީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ރައީސް އިތުރަށް ވިދާޅުވީ މިހާރު ސަރުކާރުން ކުރިއަށްގެންދަނީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށާއި "ނޭވާ ހިފަހައްޓާފައި ނަމަވެސް" އެ މަސައްކަތް ކުރުމުން ފަހުގެ ޖީލުތަކަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ކުރަމުން މިގެންދާ ކޮންމެ ކަމަކީ، ދެމެހެއްޓެނިވި ގޮތަށް މި ދިވެހިރާއްޖެ ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކެއް. މި ރާއްޖެއަށް އަންނަން އޮތް ޖީލުތަކަށް އެކަށޭނެ އުފާ ފާގަތި ދިރިއުޅުމެއް ލިއްބައިދިނުމަށް ކުރާ މަސައްކަތްތަކެއް،" ރައީސް ވިދާޅުވި އެވެ. "ހިފަހައްޓަންޖެހޭ ތަނެއްގައި ނޭވާ ހިފަހައްޓާފައި ނަމަވެސް މިވަގުތު މިމަސައްކަތްތައް މުޅި ރާއްޖޭގައި ކުރުމުން އޭގެ މަންފާ އަންނަން އޮތް ޖީލުތަކަށް ފޯރާނެ."

އޭގެ އިތުރުން، އައްޑޫގައި އެއާޕޯޓާއި ޓުއަރިޒަމް އެއްފަހަރާ ތަރައްގީ ކުރުމުން އޭގެ ފައިދާ އެތައް ގޮތަކުން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މުޅި ރާއްޖެ ތަރައްގީ ކުރަން ބޭނުން ނަމަ "ސަރަޙައްދީ އިގްތިސާދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީ" ކުރަންޖެހޭ ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގެ ދަށުން ތަރައްގީ ކުރާ ގަން އެއާޕޯޓު ތަރައްގީ ކުރަނީ އަހަރު 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ފެންވަރުގަ އެވެ.