Advertisement

ދޮޅު ލައްކަ ރުފިޔާގެ މުދަލާއެކު ޑްރައިވަރެއް ނުފިލާ، ހަވާލުކުރީ އަމިއްލައަށް

4 ޖޫން 2023 - 13:44 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޓެކްސީތަކެއް ދުއްވާފައި ދަނީ؛ ޓެކްސީ ޑްރައިވަރު ވަނީ ފުލުހުންް ހަގީގަތް އޮޅޭގޮތަށް ޓްވީޓުކޮށްފައިވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އަދަދު ފައިލް


ދޮޅު ލައްކަ ރުފިޔާގެ މުދަލާއެކު ޑްރައިވަރެއް ނުފިލާ، ހަވާލުކުރީ އަމިއްލައަށް

4 ޖޫން 2023 - 13:44 1

ދޮޅު ލައްކަ ރުފިޔާގެ މުދާ ހަވާލުކޮށް ތަނަކަށް ގެންދަން ބުނުމުން ފިލި ކަމަށް ފުލުހުން ތުހުމަތުކޮށް މައުލޫމާތު އާންމުކުރި ޓެކްސީ ޑްރައިވަރު އެކަން ދޮގުކޮށްފި އެވެ.

މި މަހުގެ ދެ ވަނަ ދުވަހު ކުރި ޓްްވީޓެއްގައި ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އިލެކްޓްރޯނިކް ސާމާނުތަކެއް ހަވާލުކޮށް ތަނަކަށް ގެންދަން ބުނުމުން ފިލި ޓެކްސީ ޑްރައިވަރަކު ހޯދައި، މުދާ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. ފުލުހުންގެ އެ ޓްވީޓާއެކު ގިނަ ނޫސްތަކުން ވަނީީ އެކަން ރިޕޯޓުކޮށްފަ އެވެ.

އަގުބޮޑެތި މުދަލާއެކު ފިލި ކަމަށް ތުހުމަތު ކުރި ޓެކްސީ ޑްރައިވަރު މުހައްމަދު ހުސައިން، 50، "އަދަދު" އާ ވާހަކަ ދައްކަމުން މިއަދު ބުނީ ވީއައިއޭއިން ފޮށިގަނޑުތަކެއް ހަވާލުކޮށް އެތަކެއްޗާ މާލޭ ބިސްބުރު ކައިރިން ހަވާލުވާނެ ކަމަށް ބުނުމުން ދަތުރުފެށީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރު 4:30 ހާއިރު ކަމަށެވެ. އަދި އެ ސަރަހައްދަށް ގޮސް، އެތަކެއް ބުރެއް ޖެހި އިރު ވެސް ހަވާލުވާނޭ މީހެއް ނުފެނުމުން އެކަން އެ ދުވަހު ހަވީރު 5:34 ގައި ފުލުހުންްނަށް ގުޅާ ރިޕޯޓުކޮށްފައި ވާނެ ކަމަށެވެ.

"އަޅުގަނޑު އެ ސަރަހައްދުން ފަސްބުރު ޖެހި އިރު ވެސް އެމީހަކާ ދިމައެއް ނުވި. ދެން އެކަން ފުލުހުންނަށް ގުޅާ އެންގިން. އެބޭފުޅުން ބުނި ވެރިފަރާތުން ފޮށިގަނޑުތައް ހޯދަން ރިޕޯޓުކުރީމަ ގުޅާނެ ކަމަށް. އެ ފޮށިގަނޑުތައް ފުލުހުން ނުބުނޭ ފޮށިގަނޑުތައް އެބޭފުޅުންނާ ހަވާލުކުރާކަށް," މުހައްމަދު ބުންޏެވެ.

އެ ފޮށިގަނޑުތަކަކީ އެއާޕޯޓުން އެރުވި ފޮށިގަނޑެއް ކަމުން، ފޮށިގަނޑު ހޯދުމަށް ވެރިފަރާތުން އެއާޕޯޓު ފުލުހަށް ރިޕޯޓުކޮށްފާނެ ކަމަށް ބަލައި އެކަން އަމިއްލައަށް ގުޅައި އެއާޕޯޓު ފުލުހަށް ވެސް ރިޕޯޓުކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.

"ފޮށިގަނޑުތައް ހަވާލުނުކުރެވިގެން އެ ދުވަހުގެ ދަތުރު ވެސް ހުއްޓިފައި ހުއްޓައި ޓެކްސީ ދުއްވަން އުޅޭ ރަހުމަތްްތެރި ފުލުހެއް ބުނީ އޭގެ ވެރިފަރާތުން މާފަންނު ޕޮލިހަށް ގޮސް އިންކަމަށް. ދެން ހަމަ ވަގުތުން ދިޔަ އިރު އިން އެއާޕޯޓުން ފޮށިގަނޑު ހަވާކުރި މީހާ. އެތަނުން އޭނާއާ ފޮށިގަނޑުތައް ހަވާލުކޮށްފައި ބުނިންް އެއްޗެއް މަދު ވާނަމަ ޒިންމާވާނަމޭ ވެސް ފުލުހުން ތިއްބާ," މުހައްމަދު ކިޔައިދިނެވެ.

އޭގެ ފަހުންް ފޮށިގަނޑުގެ ވެރިފަރާތަށް އެރޭގެ ވަގުތެއްގައި ގުޅައި އެއްވެސް އެއްޗެއް މަދު ނޫން ކަމާއި، ގެެއްލުމެއް ލިބިފައި ނުވާކަންް ކަށަވަރުކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ފޮށިގަނޑު ހަވާލުކުރިތާ ވެސް އެއްދުވަސް ފަހުން ފުލުހުން އެކަން ހިނގި ގޮތް ޓްވީޓުކޮށްފައި ވަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ބުނެ މުހައްމަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ފުލުހުންް ބުނެފައި އެއޮތީ ސީސީޓީވީ ފުޓޭޖު ބަލައިގެން ޑްރައިވަރު ހޯދީއޭ. ހީވަނީ އަޅުގަނޑު އެ އެއްޗިހިތައް ހިފައިގެން ފިލާފައި ވަނިކޮށް ފުލުހުން ހޯދީހެން. ދެން އެގޮތަށް ވާހަކަތައް ފެތުރީމަ އަޅުގަނޑުގެ އަބުރު އެ ގެއްލެނީ. އަޅުގަނޑުގެ ޓެކްސީއަށް އަރަންވެސް މީހުންް ޖެހިލުން ވާނެ," މުހައްމަދު ބުންޏެވެ.

މާލޭގައި ދުއްވާ ޓެކްސީތަކުގައި ފޯނު، ގަޑި އަދި އަތްދަބަސް ކަހަލަ ތަކެތި ބަހައްޓާފައި މީހުން ފައިބާލެއް ގިނަ އެވެ. ބައެއް ހާލަތްތަކުގައި ޓެކްސީގެ ނަންބަރު ނުވަތަ ޑްރައިވަރުގެ އެެއްވެސްް މައުލޫމާތެއް ނޭނގޭތީ އެފަދަ ތަކެތި އަނބުރާ ލިބޭ މިންވަރު މަދެވެ. އެހެން ނަމަވެސް ޓެކްސީ ޑްރައިވަރުންް އަމިއްލައަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ ފުލުހުންނަށް ރިޕޯޓުކޮށްގެން އެފަދަ ތަކެތި ހަވާލުކޮށްްދީފައި ވެސް އެބަހުއްޓެވެ.