Advertisement

ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

31 މޭ 2023 - 16:55 0

ނިމާ ހަސަން

ނިމާ ހަސަން

ކޮމަންޑޫގައި ހައުސިން ޔުނިޓު އެޅުމަށް އާރުސީސީއާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ


ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

31 މޭ 2023 - 16:55 0

ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި އެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ކުންފުންޏާ އެވެ.

ދިހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މަސައްކަތް ހަވާލުކުރީ 40 މިލިއަން ރުފިޔާއަށެވެ. އަންނަ އަހަރުގެ މާޗު މަހުގެ 26 ގެ ކުރިން އެ މަސައްކަތް ނިންމާ ހަވާލުކުރަން ޖެހޭނެ އެވެ.

މި މަޝްރޫއުގެ ދަށުން ހަދަނީ 700 އަކަފޫޓުގައި ދެ ބުރިއަށް ބިނާ ހައުސިން ޔުނިޓުތަކެކެވެ. ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ފާހާނާ, ސިޓިން ރޫމު, ބަދިގެ, ލޯންޑަރީ އަދި ގަދަނެއް ހިމެނެ އެވެ.

ރޯހައުސްގެ ވަށައި ފާރު ރޭނުމާއި, ޔުނިޓުތައް ވަށައިގެން އަލިކުރުމާއި ޕާކަކާއި, ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ހަދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ކޮމަންޑޫގައި ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު, އެރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމުގެ ވާހަކަ މިދިޔަ އަހަރު ބޭއްވި އެ ދާއިރާގެ ބައި-އިލެކްޝަނުގެ ކެމްޕޭނުގައި ގަދައަށް ދެކެވުނެވެ.