Advertisement

އިދިކޮޅުގެ ދިފާއުއަށް ނަޝީދު ދެއްވީ ރައީސުންގެ ވަނަން ތަކުގެ ލިސްޓެއް!

29 މޭ 2023 - 10:25 4

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލިިސް މިއަހަރަށް ހުޅުވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ


އިދިކޮޅުގެ ދިފާއުއަށް ނަޝީދު ދެއްވީ ރައީސުންގެ ވަނަން ތަކުގެ ލިސްޓެއް!

29 މޭ 2023 - 10:25 4

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް، އިދިކޮޅުން ވަނަމެއް ކިއުން އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކަށް ބޮޑު ކަވަރޭޖެއް ދޭ ޗެނަލް 13 އިން ގެނައި ކޮންޓެންޓަކާ ގުޅިގެން ބްރޯޑްކޮމް އިން އެ ޗެނަލަށް ފިޔަވަޅު އެޅުމުން އެކަން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިނުގަތް ނަމަވެސް އެ މައްސަލައާ ހަވާލައި ދެއްވައި ބައެއް މެމްބަރުން ވާހަކަ ދެއްކެވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އިދިކޮޅުން ކިޔާ ވަނަމެއް މަޖިލީހުގެ ތަޅުމުގައި މިއަދު ފުރަތަމަ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެގޮތުން ދެއްކެވި ވާހަކައިގަ އެވެ. އޭނާ ވިދާޅުވީ ރައިސް މައުމޫނުގެ 30 އަހަރުވީ ދިގު ވެރިކަމުގެ އޮފު ކަނޑުވައިލީ އެމަނިކުފާނަަށް ނިސްބަތްކޮށް، ކިޔަން ފެށި ވަނަމަކުން ކަމަށެވެ.

ކުރީގެ ރައީސް ޔާމީނަށާއި ރައީސަކަށް ހުންނެވި އިރު ނަޝީދާ ދިމާލަށް މީހުން ގޮވި އެއްޗިހީގެ ހަނދާން ވެސް އޭނާ އާކުރެއްވި އެވެ.

"އެހުރިހާ ވާހަކަ އަކީ [ރައީސުންނަށް ފާޑުކިޔަން ދައްކާ ވާހަކަތަކަކީ] އަޅުގަނޑުމެން އެއްބަސްވާ ކަންކަމަކަށް ވާކަށް ނުޖެހޭ،" އީވާ ވިދާޅުވި އެވެ.

އީވާގެ ވާހަކައަށް ފަހު އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ކުރީގެ ރައީސުންނަށް ކީ ވަނަންތައް މެމްބަރުންނަށް ހަނދާންކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ވެސް ހަނދާންކޮށްދޭނަން އިއްޒަތްތެރި މެމްބަރުންނަށް، ކުރީގެ ރައީސް އިބްރާހީމް ނާސިރަށް ކަރުކުރު ބައިސާ، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ގޮޅާބޯ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގަންޖާބޯ، ކުރީގެ ރައީސް ވަހީދަށް ބާގީ ވަހީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރާގޮނޑި ރާޖާ، މި ނަންތައް އަޅުގަނޑުމެން ވަނީ މި މަޖިލީހުގަޔާ އަދި އެހެން ތަންތަނުގައި އެކި ގޮތް ގޮތަށް ކިޔާފައި،" ނަޝީދު ވިދާޅުވި އެވެ.

ވަނަންތަކުގެ ލިސްޓު ނިންމަވައިލައްވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތް ކޮށް އިދިކޮޅުން ބޭނުންކުރާ ވަނަން "ޗޯރު އިބުރޭ" ކީމާ ހަމައިން ނައްޓައިގެން ދާ ވަރަށް ކަންބޮޑުވުން ރަނގަޅު އެއީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

"މިއަދު ޗޯރު އިބުރޭ ކީމާ އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެން ދާ މިންވަރަށް ކަންބޮޑުވުން އިތުރުކޮށްފި ނަމަ އެއީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ،" ނަޝީދު ވިދާޅުވި އެވެ.

ޗެނަލް 13 އިން ގެނައި ކޮންޓެންޓަކާ ގުޅިގެން ބްރޯޑްކޮމް އިން އެޅި ފިޔަވަޅު އެޅި އެޅުން ކުށްވެރިކޮށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައެއް ނުގަނެ އެވެ.