Advertisement

ޕޭވްމަންޓު މަތީގައި ޕާކިން ޒޯނު ހެދުމުން ހިނގާ މީހުން ނުރައްކަލަކަށް!

30 މޭ 2023 - 10:49 1

އަހުމަދު ސައީދު

އަހުމަދު ސައީދު

ޕޭވްމަންޓުން ހިނގާ މީހުންނަށް ނުރައްކާ އޮތްކަން ދައްކުވައިދޭ ކުރެހުމެއް: 28 ޖާގަ ސައިކަލު ޕާކުރުމަށް ދޫކޮށްފައިވޭ -- އަދަދު ކުރެހުން/ ރައްޔާން މުހައްމަދު


ޕޭވްމަންޓު މަތީގައި ޕާކިން ޒޯނު ހެދުމުން ހިނގާ މީހުން ނުރައްކަލަކަށް!

30 މޭ 2023 - 10:49 1

ބޮޑު ތަކުރުފާނު މަގުގެ، މާލޭގެ ދެކުނު ފާރާތު މޭރީ ބްރައުން ރެސްޓޯރަންޓާ ވާ ހިސާބަކީ، ބަސް ޓާމިނަލެއް ވެސް ހިމެނޭ ބޮޑެތި ބަސްތައް ދުއްވާ މަގެކެވެ. ސިނަލާމެ ބްރިޖު ހުޅުވިފަހުން އެންމެ ކާރުބާރުބޮޑުވި އެއް މަގަކީ ވެސް އެއީ އެވެ.

އެގަމުން ޕޭވްމަންޓް މަތިން ސައިކަލް ޕާކުރާނެ ޖާގަ ދޫކޮށް، އެއްޗެހި ދުއްވާ ލޭނުން މީހުން ހިނގަން މަޖުބޫރު ވާނެ ގޮތަށް، ހެދުމަކީ ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް ވައްޓާލުން ފަދަ ކަމެކެވެ.

މޭރީ ބްރައިއުން އާ ދިމާލުން މަގުގެ އަނެއް ފަރާތު ޕޭވްމަންޓް މަތިން ސައިކަލް ޕާނު ކުރާނެ 28 ޖާގަ ހަދައި ސައިކަލް ޕާކުރަން ވަނީ ފަށައިފަ އެވެ. އެއީ ތޮށި ގަނޑު ވެސް ހިމޭނާ ސަރަހައްދަކަށް ނުވާތީ، އެ ފަޅިން ހިނގާފައި ދާން އޮންނާނީ ޕޭވްމަންޓެވެ.

"ގްރައުންޑުކޮށްފަ ހުރި ވެހިކަލްތަކެއް ނަގާފަ [ޕާކިން ޖާގަ ދިނީ]. އެތަނުގައި ވެސް އިންނާނީ ހަ ސައިކަލު ޕާކްކުރާނެ ޖާގަ. ދެން އެ ހިސާބުގަ އެއްގޮތަކަށް ވެސް ނުހުރޭ ވިއްޔަ ޕާކިން އޭރިއާއެއް،" މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއީޒު އެ ޖާގަތައް ދޫކުރުމާ ގުޅޭ ގޮތުން، ކުރިން މި ނޫހަށް ވިދާޅުވިވެފައިވެ އެވެ.

މުއިއްޒު ވިދާޅުވީ އެއީ ކުރިން ޕޭވަމަންޓާއި ހިސާބަށް ވަރަށް ބޮޑަށް ގޮނޑުވެފައި އޮތް ސަރަހައްދެއް ކަމަށާއި އެ ތަނުގައި ހެދިފައިހުރި ވިނަތަކާއި 'އުކާލާފައި' ހުރި ވެހިކަލްތައް ސިޓީ ކައުންސިލުން ނަގާ ސާފުކުރުމަށްފަހު އެ ތަނުގައި ޕާކް ކުރެވޭނެ ގޮތް ހެދީ އެ ހިސާބުގައި ޕާކިން ޖާގައެއް ނެތުމުން ކަމަށެވެ.

ސިޓީ ކައުންސިލުުން ކުންފުންޏެއް ހަދައި، އިންވެސްޓަރުން ހޯދައިގެން ޕާކިން އިމާރާތްތައް އަޅަން ކުރި މަސައްކަތަށް ހުރަސްތައް ކުރިމަތި


ޕޭވްމަންޓް މަތިން ޕާކިން ޖާގަ ދޫކުރުމާ ގުޅޭ ގޮތުން މުއިއްޒު ކޮންމެ އެއްޗެއް ވިދާޅުވި ނަމަވެސް، އެއީ ބަލައި ގަންނަން ފާސޭހަ ކަމެއް ނޫނެވެ. ފުރަތަމަ ކަމަކަށް އެތަން ކުރިން ގޮނޑުވެ، ބާ ވެހިކަލް ޕާކު ކޮށްފައި ހުރީ ސިޓީ ކައުންސިލް އަށް މާލެ ނުބެލެހެއްޓުމުގެ ސަބަބުން ކަމަށް ބުނެވިދާނެ އެވެ.

މޭރީ ބްރަން ކައިރީގައި ފަޅުތެރެއަށް ވާގޮތަށް ކުރިން ވެސް ސައިކަލް ޕާކިން ޖާގަ ހަދާފައިވެ އެވެ. އެތަނުގައި ސައިކަލް ޕާކު ކުރާނެ ޖަގަ މަދުވެފައި ވަނީ، ހަތަރު ފުރޮޅުލީ ވެހިކަލަށް ބޮޑު ބައެއް ހައްސަކޮށް ސިޓީ ކައުންސިލުން އެ ޖާގަ ކުއްޔަށް ދީފައިވުމުގެ ސަބަބުންނެވެ.

"މި ދިމާލުން ތޮށި ގަނޑު މަތިން ދެވެން އޮތް ނަމަވެސް އެންމެ ރަނގަޅު، ޕޭމަންޓް މަތިން ހިނގަ ހިނގާ ހުއްޓާ އައިސް ސައިކަލުން ޖެއްސި އަސް ދުއްވާ މީހާ މިހާރު ކުށްވެރި އެއް ނުވާނެ، ބުނެވޭނެ ޕޭވްމަންޓަށް އެރީ ޕާކު ކުރާށޭ،" އެ ސަރަހައްދު ޕޭވްމަންޓު މަތިން ހިނގާފައި އައި، އަހުމަދު އާސިފް ބުންނެވެ.

ކަދުރު ރުއްތަކުގެ ވަށައިގެން ރާނާފައިވާ ބުރު ތަކުގެ ސަބަބުން ވެސް، ޕޭމަންޓުން ޖާގަ ގެއްލިފައިވާއިރު، ހިނގަން އޮތް ޖާގަ އިން ވެހިކަލް ޕާކު ކުރުމަށް ޖާގަ ދޫކުރުމަކީ ކުރަން ހެޔޮ ވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ. އެ ސަރަހައްދުން ވެކިކަލް ލޭނުން މީހަކު ހިނގައިފައި ދަނިކޮށް، އެކްސިޑެންޓެއް ހިނގި ނަމަވެސް، އެ ކަމުގެ ޒިންމާ ސިޓީ ކައުންސިލުން ނުނަގާނެ ކަން ޔަގީނެވެ.

ޕޭވްމަންޓް މަތިން ސައިކަލު ޕާކު ކުރާނެ ޖާގަ ސިޓީ ކައުންސިލް އިން މި ދޫކުރަން ފެށީ، ހަތަރު ފުރޮލީ ވެހިކަލް ޕާކު ކުރުމަށް މާލޭގެ އެކި ސަރަހައްދު ތަކުން ޖާގަ ކުއްޔަން ދިނުމުގެ މައްސަލަ އަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އެކަން ދިފާއުކުރައްވާ، މުއިއްޒު ވިދާޅުވެފައި ވަނީ މަގުމަތިން ޖާގަ ދޫކުރަނީ ސިޓީ ކައުންސިލުުން ކުންފުންޏެއް ހަދައި، އިންވެސްޓަރުން ހޯދައިގެން ޕާކިން އިމާރާތްތައް އަޅަން ކުރި މަސައްކަތަށް ހުރަސްތައް ކުރިމަތިވެ ޕާކިން މައްސަލައަށް އިތުރު ހައްލެއް ނެތުމުން ކަމަށެވެ.

ސީޓީ ކައުންސިލުން ޕްނޭން ކޮށްފައިވާ ގޮތަކަށް ކަމެއް ސަރުކާރުގެ ތެރެއިން ނުނިމުމަކީ ރައްޔިތުންނަށް ނުރައްކަލާއި އުނދަގޫ އުފުލަން ޖެހޭ ގޮތަށް ކަންކަން ކުރަން ޖެހޭ ސަބަބެއް ނޫނެވެ. ޕޭވްމަންޓު މަތިން ސައިކަލު ޕާކުރާނެ ޖާގަ ދޫނުކޮށް، މޭރީ ބްރައުން ކައިރީ ޕާކިން ޒޯން ހަމަ އެކަނި ސައިކަލް ޕާކު ކުރުމަށް ހާއްސަ ކުރުމުން މައްސަލަ ހައްލު ވާނެ އެވެ. މާލެއަށް އެތެރެ ކުރާ ހަތަރު ފުރޮޅުލީ ހުރިހާ ވެހިކަލަށް މަގުމަތިން ޖާގަ ދޫކުރާކަށް ނުޖެހެ އެވެ.