Advertisement

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހާލަންޑަށް

28 މޭ 2023 - 16:42 0


ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހާލަންޑަށް

28 މޭ 2023 - 16:42 0

ލަންޑަން (28 މެއި) - މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލަންޑަށް ލިބިއްޖެ އެވެ. ހާލަންޑަކީ އެއް ސީޒަނެއްގައި މި ދެ މަގާމު ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި 36 ލަނޑު ޖަހައި، ހާލަންޑް ވަނީ ޕްރިމިއާ ލީގު ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލައިފައެވެ. މި ސީޒަންގައި ހާލަންޑް ،22، ވަނީ ޖުމްލަ 52 ލަނޑު ޖަހައިފައެވެ.

އާންމުންގެ ވޯޓާއި ޕްރިމިއާ ލީގުގެ ޕެނަލް އިން ވެސް އެންމެ ގިނަ ވޯޓު ލިބުނު ހާލަންޑް މި ސީޒަންގައި ސިޓީއާ ގުޅުނީ ބޮރޫޝިއާ ޑޯޓްމަންޑްއިންނެވެ. ސިޓީން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ހާލަންޑް ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ.

"އެއް ސީޒަނެއްގައި މި ދެ އެވޯޑް ލިބުނު ފުރަތަމަ ކުޅުންތެރިޔާ އަށްވުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް،" ހާލަންޑް ބުންޏެވެ.

ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން (އެފްޑަބްލިއުއޭ) އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ހާލަންޑެވެ.