ވިލާ ގުރޫޕުން ހުޅުމާލޭގައި ފުރަތަމަ ފަހަރަށް ވިލާ ހާޑުވެއާގެ ނަމުގައި އާ ފިހާރައެއް ހުޅުވައިފި އެވެ.
އެ ފިހާރަ ހުޅުވާފައި ވަނީ ހުޅުމާލެ ފޭސް އެކެއްގައި ވިލާ ކުންފުނިން ހިންގަމުންދާ ޕެޓްރޯލް ޝެޑުގަ އެވެ.
ވިލާ ހާޑްވެއާގެ އޮފިޝަލް ވިދާޅުވީ، އެ ފިހާރައިގެ އަމާޒަކީ ފެންވަރު ރަނގަޅު ހާޑްވެއާ ޕްރޮޑަކްޓްތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯޜުކޮށްދިން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ އެންމެ ތައުރީފު ލިބިފައިވާ ހާޑްވެއާ ޕްރޮޑަކްޓުތައް ރާއްޖެއަށް ތައާރަފްކޮށް، ޑިމާންޑާއި އެއްވަރަށް މި ޕްރޮޑަކްޓްތައް ބާޒާރަށް ނެރެ ދިނުން." އޭނާ ވިދާޅުވި އެވެ.
އަލަށް ހުޅުވި އެ ފިހާރައިން ޕްރިމިއަމް ބްރޭންޑުތަކުގެ އެކި އުފެއްދުންތައް އެކަށީގެންވާ އަގެއްގައި ލިބެން ހުރެ އެވެ. އޭގެތެރޭގައި އެމެރިކާގެ މަޝްހޫރު ބްރޭންޑު، ކެޓް (ކެޓަޕިލާ) ބްރޭންޑުގެ ޕަވާޓޫލްސްއާއި ޓެކިރޯ އަދި ހެކްޓާ ޓޫލްސް ބްރޭންޑުގެ އުފެއްދުންތައް ހިމެނެ އެވެ. އެ ހުރިހާ ޕްރޮޑަކްޓުތަކެއް ވެސް ހޯލްސޭލް އަދި ރީޓެއިލްކޮށް ވެސް ވިލާ ހާޑުވެއާއިން ލިބޭނެ އެވެ.އަދި ރާއްޖޭގެ މާކެޓުގައި އިތުބާރު ހުރި މެލޭޝިއާ ފްލައިވުޑް، މެރިން ފްލައިވުޑް، ކޮމާޝަލް ފްލައިވުޑް އަދި ފިލްމް ފޭސްޑް ފްލައިވުޑް ވެސް އެތަނުން ލިބެން ހުރެ އެވެ.
އޭގެއިތުރުން ކޮންޑިއުޓު ހޮޅީގެ އެކި ވައްތަރުތައް ވެސް އެ ފިހާރައިން ލިބެ އެވެ. އޭގެތެރޭގައި އާންމު ގޮތެއްގައި އިމާރާތްތައް ހަދާއިރު ކޮންކްރީޓުގެ ތެރެއިން ނަރު އެޅުމަށް ބޭނުންކުރާ ހަރު ހޮޅީގެ އިތުރުން ސީލިން މަތިން ނުވަތަ ސިމެންތި ޖަހާއިރު އޭގެ އެތެރެއިން ނަރު ދައުރު ކުރުމަށް ބޭނުންކުރާ ކޮރެގޭޓެޑު ކޮންޑިއުޓު ނުވަތަ ކޮންޑިއުޓު މަޑު ހޮޅި ހިމެނެ އެވެ.
ވިލާ ހާޑްވެއާ އިން ލިބޭ އިތުރު ސާމާނުގެ ތެރޭގައި ލިޓަފްލެކްސް ފިޓިންގްސް، ހައި ކޮލެޓީ އެކި ސައިޒުގެ ކޭސިން، ކޮމްޕާޓްމަންޓް ޓްރަންކިން، ފްލޯ މަތީގައި ކޭބަލް އަޅާއިރު ރައްކާތެރިކޮށް ބެހެއްޓުމަށް ބޭނުންކުރާ ކާޕެޓް ޓްރަންކިން ހިމެނެ އެވެ.
ވިލާ ހާޑުވެއާގެ އޮފިޝަލް ވިދާޅުވީ އެ ހާޑުވެއާއިން ލިބެން ހުންނަ ޕަވަޓޫލްސްއާ އެކު މިހާރު ރާއްޖޭގެ މާކެޓުގައި އާންމު ޕަވަޓޫލްސް ތަކުގެ އެސަސަރީސް ބޭނުން ކުރެވޭނެ ކަމަށެވެ.
"މިތަނުން ވިއްކާ ބުރޭންޑުތަކަށް އަލަށް ބަދަލުވާން ބޭނުންވި ނަމަވެސް ކުރީގެ އެސަސަރީސް ބޭނުން ކުރެވުމަކީ މަސައްކަތްތެރިންނަށް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވާނެ،" އޭނާ ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ ވިލާ ހާޑްވެއާއިން ވިއްކާ ހުރިހާ ސާމާނެއް ވެސް މާލެއާއި ހުޅުމާލެ އަދި ބޯޓުތަކަށް ޑެލިވަރީ ކޮށްދޭނެ ކަމެވެ.
ވިލާ ހާޑްވެއާއިން ލިބެން ހުންނަ ޕްރޮޑަކްޓުތަކާ ގުޅޭ އިތުރު މައުލޫމާތު 7211333 ނަންބަރަށް ވައިބާ ކޮށްގެން ހޯދޭނެ އެވެ. އަދި ވިލާ ހަކަތައިގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ވެސް މައުލޫމާތު ލިބޭނެ އެވެ.
Comment