Advertisement

ޑަބަލް ޓެކްސޭޝަން ހުއްޓާލުމަށް ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

25 މޭ 2023 - 05:50 0

ނަޖާހު މަސްއޫދު

ނ

Advertisement

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ފިނޭންސް މިނިސްޓްރީ


ޑަބަލް ޓެކްސޭޝަން ހުއްޓާލުމަށް ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

25 މޭ 2023 - 05:50 0

Advertisement

Advertisement

ޑަބަލް ޓެކްސޭޝަނާއި ޓެކްސްއަށް މަކަރު ހެދުން ހުއްޓުވުމާ ދެކޮޅަށް ރާއްޖެ އާއި މެލޭޝިއާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނަ އެ ގައުމުގެ ޕާލިމެންޓް ބިލްޑިންގައި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މެލޭޝިއާގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަހުމަދު މަސްލާން އެވެ.

Advertisement

މި އެއްބަސްވުމުގެ ބޭނުމަކީ, ދެ ގައުމުގެ ދެމެދު ކުރެވޭ މުއާމަލާތްތަކުން، އެއް އާންމުދަނީއަކުން ރާއްޖޭގައި ނުވަތަ މެލޭޝިއާގައި ތަކުރާރުކޮށް ޓެކްސް ނެގުން ހުއްޓުވައި ޓެކްސް ދައްކާ ފަރާތްތަކުގެ އިތުބާރާއި ޔަގީންކަން ހޯދުން ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމެންޓް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ފިނޭންސް މިނިސްޓްރީގެ ޓްވީޓު


Advertisement

ރާއްޖެއާ ގާތް ގުޅުމެއް އޮންނަ މެލޭޝިއާއާ ދެމެދު 2021 ވަނަ އަހަރު 122 މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވާއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 227 މިލިއަން ޑޮލަރަށް އަރައިފަ އެވެ. މިއީ 100.2 ޕަސެންޓުގެ ކުރިއެރުމެކެވެ.