Advertisement

މަސައްކަތު މާހައުލުން ދުރުވެ ހިތްހަމަޖައްސާލަން ދާންވީ އާމިނަ ޕްރިމިއަމް ލައުންޖަށް

23 މޭ 2023 - 10:42 0

އާމިނާ ޕްރިމިއަމް ލައުންޖު. އޮފް ޕީކް ގަޑިތަކުގައި 55 ރުފިޔާ އަށް ޕޫލް ޓޭބަލް ބުކް ކުރެވޭ --- ފޮޓޯ: އާމިނާ ޕްރިމިއަމް ލައުންޖު


މަސައްކަތު މާހައުލުން ދުރުވެ ހިތްހަމަޖައްސާލަން ދާންވީ އާމިނަ ޕްރިމިއަމް ލައުންޖަށް

23 މޭ 2023 - 10:42 0

އާމިނަ ރެސިޑެންސީގެ 11 ވަނަ ފަންގިފިލާގައި ހިންގާ ލައުންޖަކީ ވަޒީފާތަކުގައި އުޅުއްވާ ފަރާތްތަކަށް، އެބޭފުޅުންގެ ބައްދަލުވުންތައް ބޭއްވޭނެ ގޮތަށް ހާއްސަ ކުރެވިގެން ޑިޒައިން ކުރެވިފައިވާ ތަނެކެވެ. މިއީ މަސައްކަތުގެ މާހައުލުގައި ބުރަކޮށް އުޅުއްވުމަށްފަހު، މަސައްކަތުގެ މާހައުލުން ދުރެވެ، ބޯ ހަމަޖައްސާލުމަށް ވަރަށް ވެސް ހިތްގައިމު ތަނެކެވެ. މި ލައުންޖް ހަދާފައިވަނީ ސަންޑެކް އޭރިޔާއަކާއި އެކު ހަވީރުގެ ގަޑީގެ ގުދުރަތީ ރީތިކަމާއި އިރުއޮއްސޭ މަންޒަރު ބަލާލެވޭގޮތަށެވެ.

މިލައުންޖަކީ އޮފީސް ބައްދަލުވުންތަކުގެ އިތުރުން ކެއުމާއި ޕާޓީ ބޭއްވުމަށް ވެސް ވަރަށް މަޝްހޫރު ވެފައިވާ ތަނެކެވެ. މީގެ އިތުރުން ތަނުގެ ހިތްގައިމު އިންޓީރިއާ އާއި މީރު ކާއެއްޗެތި އަދި ބުއިން ލިބެން ހުރުމުން، މި ލައުންޖަކީ އޮފީސް ބައްދަލުވުންތައް ބޭއްވުމަށް ވަރަށް އެކަށިގެންވާ ތަނަކަށް ވެގެން ދެއެވެ. އަދި, އެހެންމެ މެންދުރުގެ ކެއުމަށް ސެޓް މެނޫއެއް 15 މިނެޓުގެ ތެރޭގައި ލިބޭގޮތަށް ތައްޔާރު ކުރެވިފައި ހުރެ އެވެ.

އަރާމު ސީޓިން އެރޭންޖްމަންޓަކާއި އެކު އެހާމެ ހިތްގައިމު އަދި އުފާވެރި މާހައުލެއް ލިބިގެންދާ މި ލައުންޖުގައި ޕޫލް ޓޭބަލެއް ވެސް ހުރެ އެވެ. އޮފް ޕީކް ގަޑިތަކުގައި 55ރ. އަށް ޕޫލް ޓޭބަލް ބުކް ކުރެވޭއިރު ޕީކް ގަޑިތަކުގައި އެންމެ 65ރ. ޓޭބަލް ބުކް ކޮށްލެވޭނެ އެވެ.

އަދި, މެމްބަރުންނަށްދޭ ހިދުމަތް ތަފާތު ކޮށްލުމުގެ ގޮތުން ޕްރައިވެޓް ޖަކޫޒީ އޭރިޔާއަކާއި އެކު ކަރޯކޭ ހިދުމަތް މި ލައުންޖުން ލިބެން ހުރެ އެވެ. މީގެ އެންމެ ހާއްސަ ކަމަކީ، މެމްބަރޝިޕްއަކީ މަހުފީ ދައްކަން ނުޖެހޭ، ހިލޭ ދޫކުރެވޭ މެމްބަރޝިޕަކަށް ވުމެވެ. އެތައް ބެނިފިޓެއް ލިބޭ މި ކްލަބްގެ މެމްބަރަކަށް ވުމަށްޓަކައި އާމިނަ ޕިރިމިއަމް ވެބްސައިޓްގައިވާ ފޯމް ފުރާލުމުން ކޮންމެ ބޭފުޅަކަށްވެސް މެމްބާޝިޕަށް އެދިލެވޭނެ އެވެ.

ތަފާތު ބާވަތްތަކުގެ ކެއުމާއި ބުއިން ހިމެނޭ މެނޫގައި ހުރި ކޮންމެ އެއްޗެއްވެސް 7998192 އަށް ވައިބާ އޯޑާ ކޮށްލުމުން ހުރިތާކަށް ޑެލިވާ ކުރުމުގެ ހިދުމަތްވެސް ލިބޭނެ އެވެ.

އޮފީސް މީޓިންސް، އޮޕީސް ކެއުން، އޮފީސް ޕާޓީސް، ޕްރައިވެޓް ޕާޓީސް އަދި ޕޫލް ކުޅެލައި، ޖަކޫޒީއަށް އެރިލައި ސަންސެޓް ބަލައިލަން ދާން އާމިނަ ޕްރިމިއަމް ލައުންޖު ވަރެއް ނެތެވެ.

ނޯޓް


މިއީ އާމިނަ ޕްރިމިއަމް ލޯންޖުން ދޭ ހިދުމަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އެޑްވަޓޯރިއަލް އާޓިކަލެކެވެ.