Advertisement

ކާވާ ޗެލެންޖު ކަޕްގެ ދިވެހި ޓީމުގެ މެޗުތައް މީޑިއާނެޓަށް

22 މޭ 2023 - 19:21 0

ކާވާ އަންހެން ވެލީބޯލް ޗެލެންޖު ކަޕްގައި ބައިވެރިވާ ދިވެހި ގައުމީ ޓީމުގެ ކުޅުންތެރިން. -- ފޮޓޯ: އަދަދު


ކާވާ ޗެލެންޖު ކަޕްގެ ދިވެހި ޓީމުގެ މެޗުތައް މީޑިއާނެޓަށް

22 މޭ 2023 - 19:21 0

ނޭޕާލުގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގައި ދިވެހި ގައުމީ ޓީމު ކުޅޭ މެޗުތައް މީޑިއާނެޓުގެ ދެ ޗެނަލަކުން ދައްކާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އައިސް ޓީވީ އާއި ޔެސްޓީވީ އިތުރުން މީޑިއާނެޓުގެ ފޯން އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ކޮންމެ ތާކު ހުރެވެސް މެޗުތައް ވަގުތުން ބަލާލެވޭނެ އެވެ.

"ވީހާވެސް ގިނަ ބަޔަކަށް މި މުބާރާތުގައި ދިވެހި ގައުމީ ޓީމުގެ ކުޅުން ފެންނާނެ ގޮތްވުމަކީ މީޑިއާނެޓުގެ އެންމެ ބޮޑު އުންމީދެވެ،" އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖެ ބައްދަލުކުރާނީ ކަޒަކަސްތާނާއި ދެކޮޅަށް ރާއްޖެގަޑިން މިއަދު 18:15 ގައެވެ.

ގްރޫޕު ސްޓޭޖުގައި ޖެހިޖެހިގެން ތިން ދުވަހު ރާއްޖޭގެ އަންހެން ގައުމީ ވޮލީބޯޅަ ޓީމު ވާދަކުރާނެ އެވެ. މާދަމާ 17:45 ގައި ޓީމު ވާދަކުރާނީ އުޒްބެކިސްތާނާއެވެ. އަދި 24 މެއިގައި އޮތީ އަވަށްޓެރި ސްރީ ލަންކާއާއެކު އޮތް ކުރިމަތިލުމެކެވެ.

މި މެޗުތަކުގައި ކާމިޔާބު ހޯދާ ގައުމީ ޓީމު މުބާރާތުގައި ކުރިއަށް ގޮއްސި ކަމުގައިވާނަމަ އެ މެޗުތައްވެސް މީޑިއާނެޓުން އެ މެޗްތައްވެސް ވަގުތުން ގެނެސްދޭން ވަނީ ހަމަޖައްސާފައިއެވެ.