Advertisement

އަމާނާ ތަކާފުލްއަށް ތާރީހީ ކުރިއެރުން، ހިއްސާދާރުންނަށް 6.57 މިލިޔަން ރުފިޔާ

22 މޭ 2023 - 19:00 0


އަމާނާ ތަކާފުލްއަށް ތާރީހީ ކުރިއެރުން، ހިއްސާދާރުންނަށް 6.57 މިލިޔަން ރުފިޔާ

22 މޭ 2023 - 19:00 0

ދިވެހިރާއްޖޭގައި ކުންފުންޏެއްގެ ގޮތުގައި ހަމައެކަނި ތަކާފުލްގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނި، އަމާނަ ތަކާފުލް މޯލްޑިވްސް އިން އިސްލާމިކް އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭތާ 20 އަހަރު ފުރުން މިދަނީ ފާހަގަކުރަމުންނެވެ. މަދު މުވައްޒަފުން ކޮޅަކާއެކު ފެށި މި ދަތުރު މިއަދު މިވަނީ ދިވެހިން ބަލައިގަންނަ އިތުބާރުކުރެވޭ ފުރިހަމަ ހިދުމަތަކަށް ވެފަ އެވެ. ކޮންވެންޝަނަލް އިންޝުއަރެންސް ހިދުމަތް ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ މިމުޖުތަމައުގައި ތަކާފުލްގެ އުސޫލްތަކުގެ މައްޗައް ކުންފުނީގެ ހިދުމަތްތައް ފުޅާކުރަމުން މިގެންދެވެނީ ކިތަންމެ ގޮންޖެހުން ބޮޑުކަމުގައި ވީނަމަވެސް ކުންފުނި ހިންގުމުގެ ވައްޓަފާޅި ހަރުދަނާވުމުން ކަމާމެދު ޝައްކެއްވެސް ނެތެވެ. އަމާނާ ތަކާފުލް މޯލްޑިވްސް އިން މިވަނީ އާ ރެކޯޑްތަކެއް ހަދައި، އާ އުސްމިންތަކެއް ހާސިލްކޮށް، ކުރިމަތިވި ބޮޑެތި ހުރަސްތައް ގިރާކޮށް، ރާއްޖޭގެ އިންޝުއަރެންސް ސިނާއަތުގައި ފައިތިލަ ސާބިތުކޮށްފަ އެވެ.

ކުންފުންޏަށް ތަކާފުލް ކޮންޓްރިބިއުޝަންގެ ގޮތުގައި ލިބުނު ވިޔަފާރި މިވަނީ 29 އިންސައްތަ އިތުރުވެފައެވެ. ލިބުނު ޖުމްލަ އާމްދަނީ 70 އިންސައްތަ އިތުރުވެ، 26.95 މިލިއަން ރުފިޔާލިބިފައިވެއެވެ. އަދި، ފާއިތުވިއަހަރު އިންވެސްޓްމަންޓް ތަކުން ލިބުނު ފައިދާ 85 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، ފާއިތުވި އަހަރަކީ ތަކާފުލް ކްލެއިމް (ގެއްލުމުގެ ބަދަލު) ރިކޯޑް އަދަދަކަށް ހޭދަކުރެވުނު އަހަރެއް ނަމަވެސް، ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 19 މިލިއަން ރުފިޔާ ލިބިފައިވާހިނދު، ރިޓާން އޮން އިކުއިޓީ ހުރީ 14 އިންސައްތައިގައެވެ.

ކުންފުންޏަށް 2022 ވަނަ އަހަރަކީ ފާހަގަކޮށްލެވޭ ވަރަށް ފުރިހަމަ އަހަރެކެވެ. މިގޮތުން 2022 ވަނަ އަހަރު ކުންފުނީގެ ތަކާފުލް ސްކީމްތަކުގައި ބައިވެރި ވެފައިވާ ފަރާތްތަކުގެ ތެރެއިން ބަދަލު ހޯދުމަށް ހުށައަޅާފައި ނުވާ ފަރާތްތަކަށް ކުންފުނިންވަނީ ސާޕްލަސްގެ ގޮތުގައި 809،000 ރުފިޔާ ބަހައިފަ އެވެ. މިއީ މިގޮތައް މެދުކެނޑުމެއްނެތި ސާޕްލަސް ބަހާތާ 10 ވަނަ އަހަރެވެ. ކުންފުނން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޓަރިމް ޑިވިޑެންޑުގެ (ހިއްސާގެފައިދާ) ގޮތުގައި 2.63 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ދީފައިވެއެވެ. ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 3.94 މިލިޔަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ބޯޑް ޖަލްސާ އިން ނިންމާ 12 ވަނަ އަހަރީ އާންމު ޖަލްސާއިން ވަނީ މިއަދު ފާސްކޮށްފައެވެ. ޖުމްލަ ޑިވިޑެންޑް (ހިއްސާގެ ފައިދާ) ގޮތުގައި 6.57 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާ ހިނދު މިއީ ހިއްސާއަށް މޫނުމަތީ އަގުގެ 25 އިން ސައްތަ އެވެ. މިއީ ކުރީ އަހަރަށް ވުރެ 5 އިންސައްތަ އިތުރު އަދަދެކެވެ.

ފާއިތުވި 2022 ވަނަ އަހަރު ކުންފުނީގެ ސްކީމްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދޫކުރެވިފައިވާ މިންވަރު ބޮޑުތަން އިތުރުވި އަހަރެކެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ސިއްހީ ހިދުމަތުގެ އަގުތަކަށް 2022 ވަނަ އަހަރު އައި ހީނުކުރާފަދަ ބޮޑެތި ބަދަލުތަކެވެ. މިގޮތުން 92 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޫކުރެވިފައިވާއިރު އެއީ ކުރީ އަހަރާއި އަޅާބަލާއިރު 117 އިންސައްތަ އިތުރު އަދަދެކެވެ. މީގެތެރެއިން މެޑިކަލް ކްލެއިމް އެކަނި 39 އިންސައްތަ ހިއްސާކުރެ އެވެ.

ކުންފުނީގެ އިންވެސްޓްމަންޓް ތަކުން ލިބުނު ނަފާ މިދަނީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ. މިގޮތުން ކުންފުނީގެ އިންވެސްޓްމަންޓް ތަކުން ލިބުނު ޖުމްލަފައިދާ މިވަނީ 24 އިންސައްތަ އިތުރުވެ 10.3 މިލިއަން ރުފިޔާގެ ލިބިފައެވެ. އިންވެސްޓްމަންޓް ތަކުގެ ނަފާ އިތުރުވަމުންދާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ރާއްޖޭގައި އިސްލާމިކް ޝަރީއަތް ހުއްދަކުރާ އިންވެސްޓްމަންޓް ތަކުގެ ފުރުސަތުތައް އިތުރުވަމުންދިއުމާއި އިސްލާމިކް ޓްރެޝަރީ ބިލްފަދަ އިންސްޓްރުމަންޓްތައް އިތުރުވެ، އަދި އޮންލައިން ކޮށް ޕްރައިވޭޓް ޕްލޭސްމަންޓްގެ ފުރުސަތު ފަހިވެފައިވުމެވެ. ކުންފުނިން އަބަދުވެސް މިދަނީ އިތުރު ފުރުސަތުތައް ހޯދައި މިކަމުގެ ނަފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމުގެ މަސަތްކަތް ކުރަމުންނެވެ.

އަހަރީ ރިޕޯޓުގައި ކުންފުނީގެ ޗެއާމަން ޠައްޔިބު އަކްބަރު އަލީ ހާމަކުރައްވާފައިވާ ގޮތުގައި، "ކުންފުނީގެ މި ދަތުރުގައި ކުރިމަތިވި ސުނާމީ، ކޮވިޑްގެ އާލަމީ ވަބާ، ނުވަތަ 2008 ވަނަ އަހަރު ކުރިމަތިވި ގްލޯބަލް ފައިނޭންޝަލް ކްރައިސިސް ފަދަ ގޮންޖެހުންތަކުން ކުންފުނި ސަލާމަތުގެ އައްސޭރިޔަށް ވާސިލުވުމުގެ ފަންވަރު ކުންފުނިން މިވަނީ ބައްޓަންކޮށް ފައްކާކޮށްފައެވެ". ޒިންމާދާރު ތަކާފުލް އޮޕަރޭޓަރެއްގެ ހައިސިއްޔަތުން އަމާނާ ތަކާފުލްއިން ހިންގުން ހަރުދަނާކޮށް ޖަވާބުދާރީ ކުރުމުގައި ކުންފުނީގެ ކޯޕަރޭޓް ގަވަރނަންސް އޮނިގަނޑު އަދި އެކަމަށް ފާރަވެރިވާ އިޖުރާއަށްތްތަށް މުހިންމު ރޯލެއް އަދާކުރެއެވެ. ޒުވާނުން ބިނާކޮށް ވަޒީފާގެ ފުރުސަތުތައް ކުންފުނީގެ ފަރާތުންދަނީ ހޯދާދެމުންނެވެ.

އަމާނާ ތަކާފުލްގެ ބޯޑު މެމްބަރުން


ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާން ގެ ބަޔާނުގައި ހާމަކުރައްވާފައިވާ ފަދައިން، "ކުންފުންޏަށް ކަސްޓަމަރުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި ގެންގުޅޭ އުސޫލުތައް ހަރުދަނާކޮށް، ސިނާއަތުގައި ކަންކުރަމުން ދާހާ ގޮތަކަށް އަމާނާ ތަކާފުލް އިން ދީލާލަފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ." މީގެންވެސް ހާމަވެގެންދަނީ ކުންފުނީގެ ގަވަނަންސް ފުރިހަމަ ކުރުމުށް ދީފައިވާ އަހައްމިއްޔަތުގެ ބޮޑުކަމެވެ.

ކުރިޔައް އޮތް ދެއަހަރަށް ކުންފުނިން ކަނޑައަޅާފައިވާ ލަނޑުދަނޑި ތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ އަގުހުރި ހިދުމަތްތަށް މެދުކެނޑުމެއްނެތި ފުރިހަމައަށް ފޯރުކޮށްދިނުމާއި، ހިދުމަތްތަކާއިބެހޭ މައުލޫމާތު އާންމުކުރުމާއި އަދި ވިޔަފާރީގެ ކުރިމަގު ފަރުމާކުރުމުގައި ހުރިހާ ސްޓޭކެހޯލްޑަރުންގެ ލާބަޔާ މަންފާއަށް ވިސްނާނެ ކަމަށެވެ. ކުންފުނިން ހޯދަމުންދާ ކާމިޔާބީގެ އަސްލަކީ ކުންފުނިން ގެންގުޅޭ ކުރިއަށް ދިއުމުގެ ރޫހު ކަމަށާއި، އަމާނާ ތަކާފުލް އަކީ މުޖުތަމައުގައި ބަލައިގަންނަން ފަސޭހަ ރައްޔިތުންނަށް ފައިދާހުރި ވިޔަފާރިއެއްކަން ކަށަވަރުވުމެވެ.

އަހަރީ އާންމު ޖަލްސާގައި އިންޑިޕެންޑެންޓް ޑިރެކްޓަރުން ރީއެޕޮއިންޓް ކުރުން އޮތެވެ. އެގޮތުން، ޑރ. އަހުމަދު އިނާޒު އާއި އަލްފާޞިލް އަލާއު އަލީ ވަނީ ބޯޑަށް އައްޔަންކުރުމަށް އާންމު ޖަލްސާގެ އިއްތިފާގުން ނިންމާފައެވެ. ޑރ. އަހުމަދު އިނާޒަކީ ވަރަށް ގިނަގުނަ ހިދުމަތްތަކެއް ސިޔާސީ އަދި ތައުލީމީ ދާއިރާގައި ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަލްފާޞިލް އަލާއު އަލީ އަކީ ވިޔަފާރިގެ ދާއިރާގައި ކާމިޔާބު ވިޔަފާރިވެރިއެކެވެ.

އަހަރީ އާންމު ޖަލްސާ ނިންމާލުމުގެ ކުރިން ހިއްސާދާރުންނަށް އެއް އަހަރު ދުވަހުގެ ޕާސަނަލް އެކްސިޑެން ކަވަ ހިލޭ ދިނުމަށް ބޯޑުން ނިންމާފައިވާނެ ކަމަށް އިއުލާނު ކުރިއެވެ.

އެޑިޓަރުގެ ނޯޓު


މިއީ އަމާނާ ތަކާފުލްގެ އެޑްވަޓޯރިއަލް އެކެވެ. އަމާނާ ތަކާފުލުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ވަނީ މިއަދު އެވެ.