Advertisement

ޓައިވާނަށް ސަފީރަކު ކަނޑައަޅަން ފޮނުވި ސިޓީ، އިސްލާހުކޮށް އަލުން ފޮނުވައިފި

22 މޭ 2023 - 09:23 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އަދި ޗައިނާގެ ސަފީރު ވެންގް ލިޒިން :ޓައިވާނަށް ސަފީރަކު ކަނޑައެޅުމަށް "އޮޅިގެން" ފޮނުވި ސިޓީ ވަނީ އިސްލާހުކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ޓައިވާނަށް ސަފީރަކު ކަނޑައަޅަން ފޮނުވި ސިޓީ، އިސްލާހުކޮށް އަލުން ފޮނުވައިފި

22 މޭ 2023 - 09:23 0

ދިވެހިރާއްޖެއާ ހާރިޖީ ގުޅުން ނެތް އަދި މިނިވަން ގައުމެއްގެ ގޮތުގައި ނުދެކޭ ޓައިވާނަށް ސަފީރަކު ކަނޑައެޅުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީ އިސްލާހުކޮށް، އަލުން ފޮނުވައިފި އެވެ.

ނަމަވެސް، މިދިޔަ ހަފުތާގެ ތެރޭގައި ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ރާއްޖެއިން 'ރިޕަބްލިކް އޮފް ޗައިނާ' ނުވަތަ ޓައިވާނަށް އަށް ސަފީރަކު އައްޔަނުކުރުމަށް ވަނީ އެދިފަ އެވެ. މި ސިޓީއަކީ ޗައިނާއަށް ނުވަތަ 'ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ" އަށް ރާއްޖެއިން މިހާރު ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ ބަދަލުގައި އެހެން ބޭފުޅަކު ހަމަޖެއްސުމަށް މަޖިލީހަށް ފޮނުއްވި ސިޓީއެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ ސިޓީ އިސްލާހު ކުރުމަށް ފަހު އަލުން މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ޓައިވާނައަކީ ޗައިނާގެ މައި ސަރުކާރާ ވަކިން އަމިއްލަ ދައުލަތެއް ކަމަށް ދައުވާ ކުރާ ގައުމެކެވެ. ރާއްޖެއިން ޒަމާނުއްސުރެ އަންނަނީ ޗައިނާގެ 'ވަން ޗައިނާ ޕޮލިސީ' އަށް ތާއީދުކޮށް ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ބުނާ ބުނުމަށް ތާއީދުކުރަމުންނެވެ.

އެ މައްސަލަ ހިނގި ގޮތް ރާއްޖޭގެ ފޮރިން މިނިސްޓްރީން ޗައިނާގެ އޮފިޝަލުންނަށް ތަފުސީލުކޮށްދީ، މައާފަށް އެދިފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެންގް ލިޒިން ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ޒަމާނީ ގުޅުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.