Advertisement

އިޓަލީގެ އަލިފާން ފަރުބަދައެއް ގޮވުމުން އެއާޕޯޓެއް ބަންދުކުރަން ޖެހިއްޖެ

މިދިޔަ އަހަރު އެޓްނާ ފަރުބަދައިން ލާވާ ފައިބާފައި. -- ފޮޓޯ: ރޮއިޓާޒް


އިޓަލީގެ އަލިފާން ފަރުބަދައެއް ގޮވުމުން އެއާޕޯޓެއް ބަންދުކުރަން ޖެހިއްޖެ

ރޯމް، އިޓަލީ (މޭ 21) - ދުނިޔޭގެ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަ ކަމުގައިވާ އިޓަލީގެ އެޓްނާ ގޮވުމުން ސިސިލީ ސިޓީގެ އެއާޕޯޓެއް ބަންދުކުރަން ޖެހިއްޖެ އެވެ.

"އެޓްނާ ގޮވުމުގެ ސަބަބުން ބޯދުމުގެ އަސަރު ކުރަމުން ދާތީ މި ވަގުތު ރައްކާތެރިކަމާ އެކު ދަތުރު ކުރެވެން ނެތުމުން ހުރިހާ ފްލައިޓެއް ވަނީ ސަސްޕެންޑުކޮށްފައި،" ކަޓާނިއާ އެއާޕޯޓުގެ ބަޔާނެއްގައި ބުންޏެވެ.

ރިޕަބްލިކާ ޑެއިލީ ނޫހުން ބުނީ އަލިފާން ފަރުބަދައިގެ ހަރަކާތްތަކުގެ ބާރު އަޑުފަށްގަނޑު އާދީއްތަ ދުވަހު މުޅި އެ ސަރަހައްދަށް އިވެމުން ދިޔަ ކަމަށެވެ.

އެހެން ނަމަވެސް، ފަރުބަދައިގެ އެންމެ އުހުގައި ދުންބޯވެ އަނދިރިވެފައި އޮތުމުން ދިޔާ އަލިފާން ނުވަތަ ލާވާ ފައިބާ މަންޒަރު ފެނިފައި ނުވާ ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް ފޯ ޖިއޯފިޒިކްސް އެންޑް ވުލްކަނޮލޮޖީން ބުންޏެވެ.

ގާތްގަނޑަކަށް 3،324 މީޓަރު އެޓްނާއަކީ ޔޫރަޕްގެ އެންމެ އުސް، ހަރަކާތްތެރި އަލިފާން ފަރުބަދަ އެވެ. ފާއިތުވި 500،000 އަހަރު އެ ފަރުބަދަ ގަވާއިދުން ގޮވަމުން ދިޔަ ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.

މިދިޔަ އަހަރު 10 މިލިއަން ޕަސެންޖަރުން ކަޓާނިއާ އެއާޕޯޓް ބޭނުންކުރި އެވެ. އެއީ އިޓަލީގެ އެންމެ މަގްބޫލު ފަތުރުވެރި މަންޒިލް ސިސިލީގެ އިރުމައްޗަށް ގިނަ ދަތުރުތަކެއް އޮންނަ އެއާޕޯޓެކެވެ.