Advertisement

ތުރުކީގެ ނޫސްވެރިންތަކެއް ހައްޔަރު ކުރި ކަމަށް ބުނެ ޖަރުމަނު ސަފީރު ހާޒިރުކޮށްފި

ތުރުކީގައި ހުންނަ ޖަރުމަނު އެމްބަސީ. -- ފޮޓޯ: ވެސްޓް އޮބްޒާވާ


ތުރުކީގެ ނޫސްވެރިންތަކެއް ހައްޔަރު ކުރި ކަމަށް ބުނެ ޖަރުމަނު ސަފީރު ހާޒިރުކޮށްފި

އަންކާރާ، ތުރުކީ (މޭ 17) - ޖަރުމަނުގެ ފްރެންކްފާޓްގައި ތުރުކީގެ ދެ ނޫސްވެރިން ހައްޔަރު ކުރި ކަމަށް ބުނެ، ތުރުކީގެ ފޮރިން މިނިސްޓްރީއަަށް ޖަރުމަނު ސަފީރު ހާޒިރުކޮށްފި އެވެ.

ޖަރުމަނުން ބުނީ ނޫސްވެރިން ތިބީ ހައްޔަރުކޮށްފައި ނޫން ކަމަށެވެ. އެކަމަކު ޒާތީ މައުލޫމާތު ނުރައްކާތެރި ގޮތަކަށް ހާމަކުރުމުގެ ދައުވާ އުފުލާފައިވާ ކަމަށް ބުންޏެވެ.

ބުދަ ދުވަހުގެ ހެނދުނު ދެ ނޫސްވެރިންގެ ގެތައް ބަލައި ފާސްކުރުމަށް ފްރެންކްފާޓްގައި އޮޕަރޭޝަނެއް ހިންގި އެވެ. އެއީ އުމުރުން 46 އަހަރާއި 51 އަހަރުގެ ދެ ނޫސްވެރިންނެވެ.

އެ އޮޕަރޭޝަނުގައި އިލެކްޓްރޯނިކް ސްޓޯރޭޖް މީޑިއާ އަދި އެހެން ހެކިތައް ހިފެހެއްޓި ކަމަށާއި ޖިނާއީ ތަހުގީގު ފުރިހަމަވުމުން ނޫސްވެރިން ދޫކޮށްލި ކަމަށް ޖަރުމަނުގެ އިދާރާތަކުން ބުންޏެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީން ބުނީ އެއީ ނޫސްވެރިންނަށް ފުރައްސާރަކޮށް ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ. އެއީ ތުރުކީ ސަރުކާރަށް ތާއީދު ކުރާ ސަބާހް ޑެއިލީ ނޫހުގެ ފްރެންކްފާޓް އޮފީހުގެ މުވައްޒަފުންނެވެ.

ނޫސްވެރިންނަށް ޓާގެޓް ކުރާ ގަސްދުގައި، އިންތިހާބުގެ ފުރަތަމަ ބުރު ނިމިފއި ވަަނިކޮށް ބިރު ދެއްކުމަށް ކަމަށް ތުރުކީން ބުނެ އެވެ.