Advertisement

މުންސިފް އާއި ރަފާގެ ޕެއާ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވެއްޖެ

16 މޭ 2023 - 12:25 0


މުންސިފް އާއި ރަފާގެ ޕެއާ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވެއްޖެ

16 މޭ 2023 - 12:25 0

ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމުގެ އައިޝަތު ރަފާ ނާޒިމް އާއި މޫސާ މުންސިފް އަހުމަދުގެ މިކްސް ޑަބަލްސް ޕެއާ އަށް އައިޓީޓީއެފް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ އެވެ.

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު އޮންނާނީ އަންނަ މަހުގެ 20-28 އަށް ދެކުނު އެފްރިކާގެ ޑާބަންގަ އެވެ. މި މުބާރާތަށް ކޮލިފައިވަނީ ދުނިޔޭގެ ރޭންކިންގެ އެންމެ މަތީގައި އުޅޭ ކުޅުންތެރިންނެވެ.

ރަފާ އާއި މުންސިފްގެ ޕެއާ އަށް ފުރުސަތު ލިބުނީ އައިއައިޓީއެފުން ވޯލްޑް ޗެމްޕިއަންޝިޕަށް ކުޅުންތެރިން ކޮލިފައިވާ ޕޮއިންޓްދޭ އުސޫލަށް ބަލާއިރު 64 ޕެއާގެ ތެރޭގައި ދެ ކުޅުންތެރިން ހިމެނުމުންނެވެ.

ރަފާ އާއި މުންސިފްގެ އިތުރުން ރަފާ އާއި ދީމާގެ ޕެއާ އަށް ވެސް ވޯލްޑް ޗެމްޕިއަންޝިޕުން ވަނީ ފުރުސަތު ލިބިފަ އެވެ.

ރަފާ އާއި މުންސިފް މި މުބާރާތަށް ފުރަން ތައްޔާރުވަމުން އަންނައިރު، ދީމާ، މި ވަގުތު ހުރީ އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގައި ކުރިއަށްދާ ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތުގަ އެވެ. އެ މުބާރާތުގައި މިއަދު ސިންގަލްސް އިވެންޓްގެ މެޗުތައް ކުރިއަށްދާނެ އެވެ.

މުބާރާތް ނިމުމުން ދީމާ މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ގަ އެވެ. ޖެހިގެން އަންނަ ދުވަހު އޭނާ ޑާބަން އަށް ފުރާނެ އެވެ.

ރާއްޖޭގެ އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް އެއް ވަނަ ދެ ޕެއާ އަށް ވޯލްޑް ޗެމްޕިއަންޝިޕުން ފުރުސަތު ލިބުނުއިރު، މި އަހަރު ގައުމީ ޓޭބަލް ޓެނިސް ޓީމުން ތައްޔާރުވަމުން އަންނަނީ ސެޕްޓެމްބަރު މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށެވެ. މި ގޭމްސް އިން މިދިޔަ ފަހަރު ގިނަ މެޑަލްތަކެއް ހޯދި ގައުމީ ޓީމުގެ އަމާޒަކީ 2019 ގެ ކާމިޔާބީ ތަކުރާރުކުރުމެވެ.