Advertisement

ރާ ވިއްކާ ސަފާރީ އުކުޅަހު ބަނދަރުން ނެރެން ކޯޓުން އަމުރުކޮށްފި

14 މޭ 2023 - 11:49 3

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އުކުޅަހު ބަނދަރުގައި ރާވިއްކާކަމަށް ތުހުމަތުކުރާ ޒެޑް ކުރޫޒާ؛ މި ސަފާރީ ބަނދަރުން ނެރުމަށް އުކުޅަހު ކޯޓުން ވަނީ އަމުރުކޮށްފައި -- ފޮޓޯ: އުކުޅަހު ކައުންސިލް


ރާ ވިއްކާ ސަފާރީ އުކުޅަހު ބަނދަރުން ނެރެން ކޯޓުން އަމުރުކޮށްފި

14 މޭ 2023 - 11:49 3

އއ. އުކުޅަހު ބޭރުގައި ރާ ވިއްކާ ސަފާރީ އެ ރަށުގެ ބަނދަރަށް ވަނުމުން ބޯޓު އެތަނުން ނެރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

އުކުޅަހު ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހީމް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެރަށު ބަނދަރުގައި އޮތް "ޒެޑް ކްރޫޒާ" ސަފާރީ 24 ގަޑިއިރުގެ ތެރޭގައި ނެރެން އެ ރަށު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ ވަގުތުގެ ތެރޭގައި އެއްވެސް މޫސުމީ އެލާޓެއް ނެރެފި ނަމަ 24 ގަޑިއިރު ގުނާނީ އެވަތު އުނިކޮށްފައި ކަމަށް ވެސް ޝައުކަތު މައުލޫމާތު ދިނެވެ.

އުކުޅަހުން ބަނދަރުގައި އޮތް ސަފާރީއަކުން އެރަށަށް ރާ ވިއްކަމުން ދާކަމަށް ތުހުމަތުކޮށް އެރަށު ބަޔަކު ވަނީ ރަށުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފަ އެވެ. އެގޮތުން ކައުންސިލް އިދާރާ ދޮރުމައްޗަށް ބޮއްކުރައެއް އެހެލައި، ކައުންސިލް އިދާރާގެ މައި ގޭޓު ބަންދުކޮށް، ކަނޑުދަތުރުކުރާ އުޅަނދުތަކަށް ދަތުރު ނުކުރެވޭނޭހެން އެރަށުގެ ނެރު ވެސް ބަންދު ކުރި އެވެ.

ކައުންސިލުގެ ރައީސް ޝައުކަތު ވިދާޅުވީ އެ ހަމަނުޖެހުންތައް ހިންގާފައި ވަނީ ސަފާރީ ރަށު ބަނދަރުގައި އޮންނަ މައްސަލައާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކައުންސިލުން ސަފާރީ ބޭރުކުރުމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ދަނިކޮށް ކަމަށެވެ.

ސަފާރީ ބަނދަރަށް ވެއްދީ އެއިން ރާ ހުސްކުރުމަށްފަހު މަރާމާތެއް ކުރުމުގެ ބޭނުމުގައި ކަމަށް އެ ސަފާރީ ކުއްޔަށް ނަގައިގެން އޮޕަރޭޓު ކުރަމުން އަންނަ އުކުޅަހުގެ ވިޔަފާރިވެރިން ބުނެ އެވެ.