Advertisement

އަލޮންސޯއާ ބައްދަލުކުރަން މޮރީނިއޯ ކެތްމަދުވެފައި

11 މޭ 2023 - 18:58 0


އަލޮންސޯއާ ބައްދަލުކުރަން މޮރީނިއޯ ކެތްމަދުވެފައި

11 މޭ 2023 - 18:58 0

ރޯމް (މެއި 11) - ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ބަޔާ ލޭވަކޫސަން އާއި ރޯމާ ބައްދަލުކުރާޢިރު، މި މެޗަކީ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ހާއްސަ މެޗެކެވެ. މިއީ، މޮރީނިއޯގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ލޭވަކޫސަންގެ ކޯޗަކަށްހުރި ޒަބީ އަލޮންސޯ ކޯޗެއްގެ ގޮތުގައި މޮރީނިއޯއާ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި 2010 އިން 2013 އިން މޮރީނިއޯ ހުރިއިރު، އޭނާގެ އިރުޝާދުގެ ދަށުން އަލޮންސޯ ކުޅުނެވެ.

"ވަރަށް ދުވަސްވެއްޖެ އަލޮންސޯއާ ބައްދަލުނުވާތާ،" މިރޭގެ މެޗުގެ ކުރިން މޮރީނިއޯ ބުންޏެވެ.

"އަހަރަމެން ދެމީހުންގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް. އާންމުކޮށް ކޯޗާއި ކުޅުންތެރިއެއްގެ ގޮތުގައި މެދުގައި އޮންނަ ގުޅުމަށްވުރެ ގާތް ގުޅުމެއް."

ލޭވަކޫސަންގެ ކޯޗުގެ މަގާމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަވާލުވި އަލޮންސޯ ބުނީ ކޯޗެއްގެ ގޮތުގައި މޮރީނިއޯއާ ބައްދަލުކުރަން އޭނާ ވެސް ކެތްމަދުވެފައިވާ ކަމަށެވެ.

"މޮރީނިއޯއާ ބައްދަލުވާތީ މި މެޗަށް އިތުރު ހާއްސަކަމެއް ލިބޭ. މޮރީނިއޯގެ ފަރާތުން އަހަންނަށް ވަރަށް ގިނަ ކަންތައްތައް ދަސްވި،" އަލޮންސޯ ބުންޏެވެ

"އެކަމަކު، މެޗު ފެށުމުން އަހަރެންގެ ހުރިހާ ވިސްނުމެއް އޮންނާނީ ޓީމަށް. އިތުރު ވިސްނުމެއް ނޯންނާނެ."

މެޗާ ގުޅޭގޮތުން މޮރީނިއޯ ބުނީ ލޭވަކޫސަން ބަލިކުރަން ފަސޭހަނުވާނެ ކަމަށެވެ. އަދި ލޭވަކޫސަން އަކީ ކައުންޓާ އެޓޭކްގައި ވަރަށް ރަނގަޅު ޓީމެއް ކަމަށެވެ.

"ކައުންޓާ އެޓޭކްގައި ލޭވަކޫސަން ވަރަށް ނުރައްކާތެރި. އެމީހުން ޑިފެންސްކޮށް، ރަނގަޅު ވަގުތަށް މަޑުކުރޭ،" މޮރީނިއޯ ބުންޏެވެ.

މިއީ ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލަށް ރޯމާ ޖެހިޖެހިގެން ދަތުރުކުރި ތިން ވަނަ ސީޒަނެވެ. އެކަމަކު، އިޓާލިއަން ލީގުގައި މި ވަގުތު ރޯމާގެ ފޯމު ދަށެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ރޯމާ އަށް މޮޅެއް ނުލިބެ އެވެ.