Advertisement

ވިލާ ފައުންޑޭޝަނުން ނަރުހުންނަށް ސްކޮލަޝިޕް ސްކީމެއް ތައާރަފުކޮށްފި

10 މޭ 2023 - 09:42 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


ވިލާ ފައުންޑޭޝަނުން ނަރުހުންނަށް ސްކޮލަޝިޕް ސްކީމެއް ތައާރަފުކޮށްފި

10 މޭ 2023 - 09:42 0

ވިލާ ގްރޫޕްގެ ސީއެސްއާރު ގޮފި ކަމަށްވާ ވިލާ ފައުންޑޭޝަނުން ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާ ގުޅިގެން ނަރުހުންނަށް ހާއްސަކޮށްގެން އާ ސްކޮލަޝިޕް ސްކީމެއް ތައާރަފްކޮށްފި އެވެ.

އެ ސްކީމު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި 12, ގައި ފާހަގަކުރާ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހަށް އަމާޒުކޮށްގެން ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީ ގޮތުން ނަރުހުން ހިދުމަތް ދޭން ފެށީ މީގެ 75 އަހަރު ކުރިންނެވެ.

ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާއ ގުޅިގެން ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިލާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ހަމީދު ވިދާޅުވި އެވެ.

"ނަރުހުންނަކީ ސިއްހީ ނިޒާމުގެ މުހިންމު ބައެއް، އަދި އަޅުގަނޑުމެންގެ މުޖުތަމައުގައި ނަރުހުންގެ ދައުރަކީ ނުހަނު މުހިއްމު ދައުރެއް. މި ސްކޮލަޝިޕް ސްކީމުގެ ސަބަބުން ނަރުސްކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އު ފުރުސަތު ފަހިވެ ރާއްޖޭގެ ސިއްހީ ދާއިރާއަށް އަގުހުރި މަސައްކަތެއް ކޮށްދެވޭނެ ކަމަށް އުންމީދު ކުރަން," ވިލާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ހަމީދު ވިދާޅުވި އެވެ.

ނަރުހުންނަކީ ސިއްހީ ދާއިރާއަށް މެދުކެނޑުމެއްނެތި މިންނެތް މަސައްކަތް ކޮށްދެމުން އަންނަ ބައެއް ކަމަށް އެ ކޮލެޖުން ބުނެ އެވެ. ހޮސްޕިޓާ އަދި ކްލިނިކް ތަކުގައި ބަލިމީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި އެތަކެއް ގަޑިއިރު ހިދުމަތުގައި ތިބޭ ބައެކެވެ.

ވިލާ ފައުންޑޭޝަނާ ގުޅިގެން ސްކޮލަޝިޕް ސްކީމް ތައާރަފް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި ގަބޫލުކުރާ ގޮތުގައި ނަރުހުންގެ ތައުލީމަށް އިންވެސްޓު ކުރުމަކީ ރާއްޖޭގައި ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް މަރިޔަމް ޝިފާނާ، ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ވިލާ ފައުންޑޭޝަނުން ނަރުހުން ކުރާ މަސައްކަތް ފާހަގަކޮށް، ރާއްޖޭގައި ދެން އަންނަ ޖީލުގެ ނަރުހުންނަށް އެހީތެރިވުމުގެ ގޮތުން ސްކޮލަޝިޕް ސްކީމް ތައާރަފްކުރުމަކީ ފަހުރުވެރިވާ ކަމެ ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.

އެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގައި ޑިޕްލޮމާ އިން ނާސިން ކޯސް ހަދަމުންދާ ދަރިވަރުންނަށް އަހަރަކު ތިން ސްކޮލަޝިޕް ލިބޭއިރު، އަންހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ދެ ސްކޮލަޝިޕް އަދި ފިރިހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން އެއް ސްކޮލަޝިޕް ލިބޭނެ ކަމަށް ވިލާ ފައުންޑޭޝަނުން ބުނެ އެވެ.