Advertisement

އުތުރުގެ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް ގިނަ ބަޔަކު ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

8 މޭ 2023 - 11:33 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޖިންސީ އަނިޔާއާއި ދެކޮޅަށް މީގެ ކުރިން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން - ފޮޓޯ: އަދަދު


އުތުރުގެ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް ގިނަ ބަޔަކު ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

8 މޭ 2023 - 11:33 1

އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ގިނަ އަދަދެއްގެ ފިރިހެނުންތަކެއް އެކި ފަހަރުމަތިން ޖިންސީ ގޯނާކުރަމުންދިޔަ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އަޕާ ނޮދާން އޭރިއާ (ހއ. ހދ. އަދި ށ އަތޮޅު) ގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އޭޕްރީލް 29، ގައި އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެކަމަކު، މިހާތަނަށް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 14 އަހަރުގެ ކުއްޖާއަށް އެ ރަށުގެ ގިނަ ބަޔަކު ގޯނާ ކޮށްފައިވެ އެވެ. އަދި މައްސަލާގެ ތަހުގީގަށް އެކަން ހޯދިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އަދި ގޯނާތަކާއި ގުޅިގެން އެ ކުއްޖާ ސްކޫލަށް ހާޒިރުވުން ދަށްވެފައިވާ ކަމަށާއި މި އަހަރު ސްކޫލަށް ހާޒިރުވީ އެއް ދުވަހު ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އޭ ގެއިތުރުން، ޖިންސީ ގޯނާގެ ޝިކާރައަކަށްވި އެ ކުއްޖާ މިހާރު ހުރީ މާލެ ގެނެސްފައި ކަމަށް ވެސް މައްސަލާގެ މައުލޫމާތު އިނގޭ ފަރާތަކުން ވަނީ މި ނޫހަށް މައުލޫމާތު ދީފަ އެވެ. ޖެންޑާ މިނިސްޓްރީއިން މިއަދު ބުނީ މިފަދަ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅި އެޓެންޑްކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާއަށް މިހާރު ވަނީ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.