Advertisement

އޭއައި ޖެނެރޭޓެޑް ވީޑިއޯސް: މޮޅު އަދި މަޖާ

އޭއައި ވީޑިއޯއެއްގެ ސްނެޕްޝޮޓެއް


އޭއައި ޖެނެރޭޓެޑް ވީޑިއޯސް: މޮޅު އަދި މަޖާ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ލިޔުމާއި ފޮޓޯ އުފެއްދުމާއި އޯޑިއޯ ހެދުން ވަރަށް ބޮޑަށް ކުރިއަރައިގެން ގޮއްސި އެވެ. މި ލިސްޓުގެ އެންމެ ކުރީގައި ދެން އޮތީ ވީޑިއޯ އެވެ.

އޭއައި އިން ތައްޔާރުކުރާ ވީޑިއޯތައް އެންމެ ފުރިހަމަ ވުމަށް އަދި ވަގުތު ނަގައިނެ ނަމަވެސް މިއަދު ފެންނަމުންދާ ކުރިއެރުންތައް އަންނަމުންދަނީ ހައިރާންވާހާ އަވަސް މިނެއްގަ އެވެ. އޭއައި އިން ތައްޔާރުކުރާ ވީޑިއޯތަކުގައި އަސްލާއި ހިލާފު މަޖާ ބައެއް ކަންކަން ހިމެނުނު ނަމަވެސް މި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ފިލްމް ޓްރެއިލާތަކާއި އިސްތިހާރުތައް ހެދުން ދަނީ އިތުރުވަމުންނެވެ.

މީގެ ތެރެއިން އެންމެ މަގުބޫލު އެއް ވީޑިއޯ އަކީ މަޝްހޫރު ފިލްމް ފްރެންޗައިޒް "ސްޓާ ވާސް" ގެ ފޭން މޭޑް ޓްރެއިލާއެކެވެ. މިއީ ސްޓާ ވާސް ފިލްމެއް އެހްނ ޑިރެކްޓަރެއް ތައްޔާރުކޮށްފި ނަމަ ހުންނާނެ ގޮތަށް ތައްޔާރުކޮށްފައިވާ ޓްރެއިލާއެކެވެ. ޓްރެއިލާގެ މާބޮޑު ހަރަކާތެއް އަދި ޑައިލޮގެއް ނެތް ނަމަވެސް އޭއައި އިން ވަނީ ޑައިރެކްޓަރުގެ ސްޓައިލް ވަރަށް ރަނގަޅަށް ރަމްޒުކޮށްދީފަ އެވެ.

އޭއައި ޖެނެރޭޓެޑް ސްޓާ ވާސް ޓްރެއިލާ


ދެން އެންމެ ފާހަގަކޮށްލެވޭ ޓްރެއިލާ އެއް ހަދާފައިވަނީ ޓްވިޓާ ޔޫޒާއެއް ކަމަށްވާ ChristianF369@ އެވެ. މިއީ "ދަ ގްރޭޓް ކެޓްސްޕީ" ނަން ދީފައިވާ ހިޔާލީ ފިލްމަކަށް ތައްޔާރުކޮށްފައިވާ ޓްރެއިލާއެކެވެ. 1930 ގެ އަހަރުތަކުގެ ފިލްމެއްގެ ތީމެއް ތައްޔާރުކޮށްފައިވާ މި ޓްރެއިލާގައި ވީޑިއޯތަކާއި އަސްލު ފިލްމެއްގެ ޓްރެއިލާއަކާއި ފުދޭވަރަކަށް ވައްތަރެވެ.

"ދަ ގްރޭޓް ކެޓްސްބީ" ޓްރެއިލާ


މި ޓްރެއިލާ ހިއްސާކުރަމުން އޭނާ ވަނީ ހޮލީވުޑްގެ ނިމުން އަންނަނީ ކަމަށް ބުނާ ފަދަ އިބާރަތެއް ބޭނުންކޮށްފަ އެވެ. މިކަމުގެ ސަބަބުން ބައެއް ފަރާތްތަކުން ވަނީ މަޖާ ކޮމެންޓްތައް ވީޑިއޯއަށް ކޮށްފަ އެވެ.

އޭއައި އިން ތައްޔާރުކުރި އެންމެ މަޖާ އެއް ވީޑިއޯ އަކީ އިސްތިހާރެކެވެ. ބުއިމަކަށް ތައްޔާރުކޮށްފައިވާ މި އިސްތިހާރުގައި މާހައުލާއި މީހުންގެ ފަރާތުން އާދަޔާ ހިލާފު ކަންތައްތައް ފެނިގެންދެ އެވެ.

އޭއައި ޖެނެރޭޓެޑް އިސްތިހާރު


އޭއައިގެ ސަބަބުން އެކި ދާއިރާތަކަށް އަންނާނެ ބަދަލުތަކާއި މެދު ދަނީ ހޫނު ބަހުސްތައް ކުރެވެމުންނެވެ. އެވެންޖާސް އެންޑްގޭމް ޑިރެކްޓަރު ޖޯ ރުސޯ ގަބޫލުކުރާގޮތުގައި ދެ އަހަރުދުވަހެއްތެރޭ އޭއައި ޖެނެރޭޓެޑް ފިލްމް ޓްރެއިލާތައް ހޮލީވުޑްގައި އާންމުވާނެ އެވެ.

އޭއައި ޓެކްނޮލޮޖީ ދުވަހަކަށް ވުރެ ދުވަހެއް އެޑްވާންސް ވަމުންދާއިރު މިކަމުގެ ސަބަބުން އިންސާނުގެ އުފެއްދުންތެރިކަމާއި ސިކުނޑީގެ ތަނަވަސްކަމަށް ލޮޅުންއަރާފަނެ ކަމުގެ ބިރުވެސް އެބައޮތެވެ. މީގެ އިތުރުން އެހެން މީހުންގެ މަސައްކަތް ކޮޕީކުރުން ފަދަ ގާނޫނީ މައްސަލަތައް ނިކުތުމުގެ ފުރުސަތުވެސް ވަރަށް ބޮޑެވެ.