Advertisement

ޗިކާއަށް ފިޝަރީޒް މިނިސްޓްރީން ސިޔާސީ މަގާމެއް ދީފި

4 މޭ 2023 - 10:44 0

އެމްޑީޕީގެ ރެލީއެއްގައި ޗިކާ ބައިވެރިވަނި. އޭނާއަކީ އެމްޑީޕީ ގައުމީ މަޖިލީހުގައި މަޑަވެލި ދާއިރާ ތަމްސީލު ކުރާ މެމްބަރު -- ފޮޓޯ: ޓްވިޓާ


ޗިކާއަށް ފިޝަރީޒް މިނިސްޓްރީން ސިޔާސީ މަގާމެއް ދީފި

4 މޭ 2023 - 10:44 0

ކަނޑިއެއް ގެންގުޅުނު މައްސަލައިގައި 2008 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމް ކުރި އިބްރާހިމް "ޗިކާ" ނާފިޒަށް ސަރުކާރުން އިއްޔެ އިސް މަގާމެއް ދީފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޗިކާ އައްޔަންކޮށްފައި ވަނީ ފިޝަރީޒް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމަށެވެ.

މާލޭގެ އެންމެ ނުުރައްކާތެރި އެއް ގޭންގުގެ ބޮޑެއްގެ ގޮތުގައި ކުރިން މަޝްހޫރުވެފައި ހުރި ޗިކާއަކީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުގައި ގދ. މަޑަވެލި ދާއިރާ ތަމްސީލު ކުރާ މެމްބަރެވެ.

މާލެ ތެރޭގައި ހިންގަމުންދިޔަ ސިލްސިލާ މާރާމާރީތައް ހުއްޓުވަން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޗިކާ ހައްޔަރު ކުރީ މާޗް، 2008 ގަ އެވެ. އޭނާގެ އަތުން ކަނޑިއެއްގެ އިތުރުން މަސްތުވާތަކެއްޗާއި ފައިސާ ވެސް ފުލުހުން ހޯދި އެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލީ މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ ދައުވާ އާއި ހަނގުރާމަވެރި ހަތިޔާރެއް ގެންގުޅުމުގެ ދައުވާ އެވެ. ނަމަވެސް، ޖަލުގައި ހުރި މީހަކު މަސްތުވާތަކެއްޗާ ހަވާލުވުމުން އެ ދައުވާ ޗިކާގެ މައްޗަކަށް ސާބިތެއް ނުވި އެވެ.

ކަނޑި ގެންގުޅުން މައްސަލައިގައި ޗިކާގެ މައްޗަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް ހުކުމް ކުރިތާ ތިން އަހަރަށްފަހު ފެބްރުއަރީ، 2011 ގައި ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލި އެވެ.

ދުނިޔޭގައި ފާހަގަ ކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ސަރުކާރުން ޗިކާ ސިޔާސީ މަގާމަކަށް އައްޔަން ކުރިއިރު، މާރާމާރީގެ މައްސަލަތައް ރިޕޯޓު ކުރާތީ ގޭންގަކުން ކުރިން ދިޓީވީއަށް ވަދެގަނެ ތަނަށް ގެއްލުންދިން މައްސަލައިގައި ވެސް ޗިކާ ކުރިން ހައްޔަރުކޮށްފައިވެ އެވެ. ހަމަ އެ ދުވަހު އެއިރު ހިންގި ހަވީރު ނޫހުގެ މުވައްޒަފަކަށް ވެސް ވަޅިން ހަމަލާދީފައިވެ އެވެ.