4 މޭ 2023 - 13:24 0
މުހައްމަދު ހަފީޒު
4 މޭ 2023 - 13:24 0
ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި މޯލްޑިވްސް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން ރާއްޖޭގައި ލިސްޓު ކޮށްފައިވާ ކޯޕަރޭޓުތަކުގެ އެންވަޔަރަމަންޓަލް، ސޯޝަލް އެންޑް ގަވަނަންސް (އީއެސްޖީ) ރިޕޯޓިން ފްރޭމްވޯކް ކުރިއެރުވުމުގައި އެއްބާރުލުން ދިނުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މި އެމްއޯޔޫގެ ދަށުން ޔޫއެންޑީޕީ އާއި ސީއެމްޑީއޭ އާ ދެމެދު އީއެސްޖީ ރިޕޯޓިން ފްރޭމްވޯކެއް އެކުލަވާލައި، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތަކުން ކުރަމުން އަންނަ މަސައްކަތްތައް އެއް ހަމައެއްގައި އަދި ސްޓޭންޑަޑަޑް ގޮތެއްގައި ރިޕޯޓް ކުރެވޭނެ ގޮތް ކަނޑައަޅާނެ އެވެ.
ސީއެމްޑީއޭ އިން ބުނީ އެ އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ، މޯލްޑިވްސް ނޭޝަނަލް ޑިޓަމިނޭޓެޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީ) ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ހާސިލުކުރުމަށް އެހީތެރިވުން ކަމަށެވެ.
އަދި, ދެމެހެއްޓެނިވި ފައިނޭންސިން އުސޫލުތަކާއި ވިޔަފާރީގެ އުސޫލުތަކާއި ފައިނޭންސިން ފްލޯތައް އެލައިން ކޮށްގެން، ރާއްޖޭގެ ރެގިއުލޭޓަރުންނާއި ކެޕިޓަލް މާކެޓުގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ އިންސާނީ ގާބިލުކަން ގާއިމުކުރުމަކީ ވެސް މި އެއްބަސްވުމުގެ މަގްސަދެކެވެ.
ސީއެމްޑީއޭގެ އަމާޒަކީ ސަސްޓެއިނަބިލިޓީ ލިންކް ޕްރޮގްރާމްތައް ހިންގުމަށް ލޯކަލް ކުންފުނިތަކަށް މާކެޓް ފައިނޭންސިންގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ޓްރާންސްޕޭރެންސީ އިތުރުކޮށް، ހަރުދަނާ އީއެސްޖީ ރިޕޯޓިންގެ ޒަރިއްޔާއިން ހިންގުން ހަރުދަނާ ކުރުން ކަމަށް އެއްބަސްވުން ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހުސައިން މަނިކު ވިދާޅުވި އެވެ.
އެ އެމްއޯޔޫގެ ދަށުން ހިންގާ ފުރަތަމަ ހަރަކާތެއްގެ ގޮތުން ޔޫއެންޑީޕީ އާއި ސީއެމްޑީއޭ ގުޅިގެން ރާއްޖޭގެ ކޯޕަރޭޓު ސެކްޓަރުގެ މެދުގައި ހަރުދަނާކަން އިތުރުކުރުމަށާއި، ސަސްޓެއިނަބިލިޓީ މެއިންސްޓްރީމްކޮށް، ވިޔަފާރީގެ ހަރަކާތްތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި އިންޓަގްރޭޓް ކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަގްސަދުގައި އިންޓްރޮޑަކްޓަރީ ވެބިނާއެއް ބާއްވަން ނިންމައިފައިވާ ކަަމަށް ސީއެމްޑީއޭ އިން ބުނެ އެވެ.
ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާ ވިދާޅުވީ، ޔޫއެންޑީޕީން ދަނީ ރާއްޖޭގައި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްތައް އިތުރަށް ހަރުދަނާކުރެވޭނެ މަގުތައް ހޯދަމުން ކަމަށާއި ކޯޕަރޭޓް ސެކްޓާގައި އީއެސްޖީ އާއި ސަސްޓެއިނަބިލިޓީ ކުރިއެރުވުމަށް ސީއެމްޑީއޭއާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ޔޫއެންޑީޕީ އީއެސްޖީ ފްރޭމްވޯކަކީ ރާއްޖޭގެ ޕްރައިވެޓް ސެކްޓާގެ ތެރޭގައި ސަސްޓެއިނަބިލިޓީ ޕްރެކްޓިސް އާއި ފައިނޭންސިން ފުޅާ ދާއިރާއަކަށް ހުޅުވިގެންދާނެ ކަމަށް ސީއެމްޑީ ބުނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment