30 އޭޕްރީލް 2023 - 15:21 0
މާލޭގައި ފެށި އެމްބީއޭގެ ބޯލް އިން ސްކޫލް ޕްރޮގްރާމްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
30 އޭޕްރީލް 2023 - 15:21 0
ދުނިޔޭގެ ބާސްކެޓް ފެޑެރޭޝަން، ފީބާ އާއި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގުޅިގެން ކުރިއަށްގެންދާ "ބޯލް އިން ސްކޫލް ޕްރޮގްރާމް"ގެ މާލޭގައި ފަށައިފި އެވެ.
ބާސްކެޓަށް ވަންނަން ޝައުގުވެރިކަން އުފެދޭ، ހުނަރު ހުރި ކުޅުންތެރިންނަށް ކުރިއަށްްދާން ޕްލެޓްފޯމެއް ގާއިމްކުރުމުގެ މަގުސަދުގައި ފެށި މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ މާޗް މަހު ފުރަތަމަ މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ ގއ. ވިލިނގިލީގަ އެވެ.
ވިލިނގިލީގައި ކުރިއަށްދިޔަ ޕްރޮގްރާމްގައި ކޯޗުން ތަމްރީން ކުރުމުގެ ވޯކްޝޮޕަކާއި ބާސްކެޓްބޯޅަ ޓްރެއިނިން ކޭމްޕެއް ވެސް ކުރިއަށްގެންދިޔަ އެވެ.
މާލޭގައި އިއްޔެ ފެށި ބޯލް އިން ޕްރޮގްރާމްގައި ފުރަތަމަ ކުރިއަށްދިޔައީ ތިއަރީ ކްލާސްތަކެވެ. އޭގެ ފަހުން ކުރިއަށް އޮތް ތިން ދުވަހު ޕްރެކްޓިކަލް ސެޝަންތައް ކުރިއަށްދާނެ އެވެ.
މާލޭގެ ބޯލް އިން ސްކޫލް ޕްރޮގްރާމްގައި ބައިވެރިވާ އިންސްޓްރަކްޓަރު.---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މި ޕްރޮގްރާމްގައި އިންސްޓްރަކްޓާއެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ފީބާ ސަޓިފައިޑް ޓްރެއިނަރެކެވެ.
އެމްބީއޭ އިން މައުލޫމާތުދޭ ގޮތުގައި މާލޭގައި ކުރިއަށްގެންދާ ކޯޗުން ތަމްރީންކުރުމުގެ ޕްރޮގްރާމާއި ކުރިން ވިލިނގިލީގައި ކުރިއަށްގެންދިޔަ ޕްރޮގްރާމާ ތަފާތުވާނެ އެވެ. މައިގަނޑު ސަބަބަކީ މާލޭގެ ޕްރޮގްރާމްގައި ބައިވެރިވާ ކޯޗުންނަކީ ލެވެލްގެ ގޮތުން ބަލާއިރު މަތީ ފަންތީގެ ކޯޗުންނަށް ވުމެވެ.
އެމްބީއޭ ބޯލް އިން ސްކޫލް ޕްރޮގްރާމް މި އަހަރު އިތުރު އަތޮޅުތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ. އެ ގޮތުން ހދ. ކުޅުދުއްފުށި، ޅ. ނައިފަރު އަދި ޏ.ފުވައްމުލަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްބީއޭ އިން މައުލޫމާތު ދެ އެވެ.
Comment