Advertisement

23 އަހަރުން ދަށުގެ ކްރިކެޓް މުބާރާތް އަންނަ އަންގާރަ ދުވަހު ފަށަނީ

30 އޭޕްރީލް 2023 - 15:27 0


23 އަހަރުން ދަށުގެ ކްރިކެޓް މުބާރާތް އަންނަ އަންގާރަ ދުވަހު ފަށަނީ

30 އޭޕްރީލް 2023 - 15:27 0

ތޭވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށް ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް (ސީބީއެމް) އިން ކުރިއަށްގެންދާ ޓީ20 ކްރިކެޓް މުބާރާތް އަންނަ އަންގާރަ ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

މި އަހަރުގެ 23 އަހަރުން ދަށުގެ ޓީ20 މުބާރާތުގައި ތިން ޓީމެއް ވާދަކުރާނެ އެވެ. އެއީ މާލޭގެ ދެ ޓީމަކާއި، ފުވައްމުލަކުގެ ޓީމެކެވެ. މުބާރާތުގެ މެޗުތައް މި މަހުގެ ދެ ވަނަ ދުވަހު ފަށާއިރު، ފައިނަލް މެޗު ކުޅުމަށް ހަމެޖެހިފައިވަނީ މެއި މަހުގެ ނުވަ ވަނަ ދުވަހުގަ އެވެ.

ތިން ޓީމް ލީގު އުސޫލުން ދެ ބުރު ކުޅުމަށް ފަހު ފައިނަލަށް ދާނީ ލީގު ބުރުގެ ކުރި ހޯދާ ދެ ޓީމެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދަކީ ގައުމީ ޓީމަށް އަރާ ޒުވާން ކުޅުންތެރިންނަށް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދީ، ވާދަވެރި މެޗުތަކުގެ ތަޖުރިބާ ހޯދައިދިނުމެވެ.

ގައުމީ ޓީމަށް އަރާ ޒުވާން ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ވާދަވެރި މެޗުތައް ނުލިބުމެވެ. ކްރިކެޓް ބޯޑުގެ އަމާޒަކީ ގައުމީ ލެވެލްގެ ގިނަ މުބާރާތްތަކެއް ކުޅުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

އެ ގޮތުން، 23 އަހަރުން ދަށުގެ ޓީ20 ކްރިކެޓް މުބާރާތުގައި މި ފަހަރު ވާދަކުރާ ފުވައްމުލަކު ޓީމުގައި ހިމެނޭ ކުޅުންތެރިން ވަނީ މި އަހަރު ފުވައްމުލަކުގައި ރަނގަޅު މުބާރާތްތަކެެއް ކުޅެފަ އެވެ. އެ ގޮތުން މި އަހަރުގެ ކުރީކޮޅު ކުރިއަށްދިޔަ ފުވައްމުލަކު ކްރިކެޓް ޕްރިމިއާ ލީގާއި، ޓީ20 ކްރިކެޓް ކަޕާއި، ފުވައްމުލަކު 50 އޯވަރު ކްރިކެޓު ލީގާއި، މިދިޔަ ރޯދަ މަހު ކުރިއަށްދިޔަ ކްރިކެޓް ކާނިވަލްގެ ފުވައްމުލަކު އޯޕަން މުބާރާތުގައި ކުޅެފަ އެވެ.

ކުރިއަށް އޮތް 23 އަހަރުން ދަށުގެ ޓީ20 ކްރިކެޓް މުބާރާތަށް ފަހު ސިނީއާ ލެވެލްގެ މުބާރާތްތައް އަންނަ މަހު ފަށާނެ އެވެ.