Advertisement

ދެކުނު ކޮރެއާގެ ރައީސް ވައިޓް ހައުސްގެ ރަސްމީ ޖާފަތުގައި ލަވަ ވިދާޅުވެއްޖެ

28 އޭޕްރީލް 2023 - 08:17 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން.


ދެކުނު ކޮރެއާގެ ރައީސް ވައިޓް ހައުސްގެ ރަސްމީ ޖާފަތުގައި ލަވަ ވިދާޅުވެއްޖެ

28 އޭޕްރީލް 2023 - 08:17 0

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް އެމެރިކާއަށް ކުރައްވަމުންދާ ދަތުރުގެ ތެރެއިން ވައިޓް ހައުސްގައި އޮތް ރަސްމީ ޖާފަތުގައި ލަވަ ވިދާޅުވެއްޖެ އެވެ.

ހަ ދުވަހުގެ ދަތުރުގައި ސީރިއަސް މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ދެ ގައުމުން އެކުގައި ހިޔާލު ފާޅު ކުރި ނަމަވެސް، ޖާފަތުގައި އޮތީ ވެރިންގެ ގުޅުން ބަދަހި ކުރުމުގެ ހަރަކާތްތަކެވެ.

ސްޓޭޖް މަތީގައި ޔެއޯލްއާ އެކު ހުންނަވައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އެދިވަޑައިގެންނެވީ، ޔެއޯލްއަށް އެންމެ ކަމުދާ އެއް ލަވަ ކަމުގައިވާ "އެމެރިކަން ޕައި" ކިޔުއްވުމަށެވެ.

އުމުރުން 62 އަހަރުގެ ޔެއޯލް ވިދާޅުވީ ސްކޫލް ދައުރުން ފެށިގެން ވެސް އެންމެ ގަޔާވާ އެއް ލަވަޔަކީ ޑޮން މެކްލީންގެ "އެމެރިކަން ޕައި" ކަމަށެވެ.

އެއާ އެކު ބައިޑެންގެ އެދިވަޑައިގެންނެވުމަށް މައިކު ނެންގެވުމަށް ފަހު ލަވަ ވިދާޅުވުމުން، ޔެއޯލްއަށް ހޫނު މަރުހަބާއެއް ލިބިވަޑައިގެންނެވި އެވެ.

ބައިޑެން ވިދާޅުވީ ޝެޑިއުލް ޖާގަނުދޭތީ ޑޮން މެކްލީންއަށް އެ ޖާފަތުގައި ބައިވެރިނުވެވުނު ކަމަށެވެ. އެހެން ނަމަވެސް، އޭނާ ސޮއިކޮށްފައިވާ ގިޓާއެއް ޔެއޯލްއަށް ހަދިޔާއަކަށް އެރުއްވި އެވެ.

ވައިޓް ހައުސްގައި ލަވަ ވިދާޅުވި ވީޑިއޯ އާއްމުވުމުން ދެކުނު ކޮރެއާގެ ސޯޝަލް މީޑިއާގައި އާއްމުން ވަނީ ޔެއޯލްގެ ލަވަ ކިޔުއްވުމުގެ ހުނަރަށް ތައުރީފުކޮށްފަ އެވެ.

މީގެ ކުރިން ވެސް ޔެއޯލް ވަނީ އާއްމުކޮށް ލަވަ ވިދާޅުވެފަ އެވެ. އެގޮތުން 2021 ގައި ރިޔާސީ ކެމްޕެއިންގެ ތެރެއިން ޓީވީ ޝޯ "އޯލް ދަ ބަޓްލާޒް" އަށް ވަޑައިގެން ލީ ސެއުންގް ޗުލްގެ ލަވައެއް ވިދާޅުވި އެވެ.