Advertisement

ވިންޑޯޒް 11 އަށް އައިއޯއެސް ފޯނު ލިންކު, މާ ފަސޭހަ ވެއްޖެ

28 އޭޕްރީލް 2023 - 06:33 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

މި ފީޗާ ދުނިޔޭގެ 85 މާކެޓެއްގައި 39 ބަހަކުން ލިބޭނެ އެވެ. މައިކްރޯސޮފްޓް އިން ބުނެފައިވަނީ މޭ މަސް ނިމުމުގެ ކުރިން ހުރިހާ ގައުމުތަކަކަށް ފީޗާ ލިބޭ ވަރު ވާނެ ކަމަށެވެ.ފޮޓޯ: އެކްސްޑީއޭ


ވިންޑޯޒް 11 އަށް އައިއޯއެސް ފޯނު ލިންކު, މާ ފަސޭހަ ވެއްޖެ

28 އޭޕްރީލް 2023 - 06:33 0

މައިކްރޯސޮފްޓްގެ ފޯން ލިންކް ބޭނުންކޮށްގެން އައިފޯނުގެ ބައެއް މުއާމަލާތްތައް މިހާރު ޕީސީއިން ކުރެވޭނެ އެވެ.

ފޯން ލިންކް މެދުވެރިކޮށް އައިފޯން ބޭނުންކުރާ ފަރާތްތަކަށް ކޯލް ކުރުމާއި ރިސީވް ކުރުމާއި މެސެޖު ފޮނުވުމާއި ރިސީވް ކުރުމާއި ކޮންޓެކްޓްތަކަށް އެކްސެސްވުމާއި ފޯނުގެ ނޮޓިފިކޭޝަންތައް ސީދާ ވިންޑޯޒް ޕީސީ އިން ފެންނާނެ އެވެ.

މި ފީޗާސް ތަކުގެ ސަބަބުން މަސައްކަތު މާހައުލުގައި އުޅޭ ފަރާތްތަކަށް ޓެކްސްޓްތަކަށް ޖަވާބުދާރީވުމާއި، ކޯލްތައް ޓްރެކްކުރުމާއި، ނޮޓިފިކޭޝަންތައް ބަލާލުމަށް އިތުރު ފަސޭހަތަކެއް ވެގެން ދާނެ އެވެ.

އައިފޯން ލިންކު ކުރުމަށް ބްލޫޓޫތު މެދުވެރިކޮށް ފޯން ޕީސީ އާއި ޕެއާ ކުރަން ޖެހޭނެ އެވެ. އެއަށް ފަހު ކިއުއާރު ކޯޑެއް ސްކޭންކޮށް، ހުއްދަތަކެއް ދިނުމާއި، ކޮންޓެންޓް އެމީހުންގެ ޕީސީ އަށް ސިންކް ކުރެވޭނެ ގޮތް ހެދުމަށް އެއްބަސްވާނެޖެހެ އެވެ.

ފޯން ލިންކުން ލިބޭ ފައިދާތަކާ އެކު މި ފީޗާގައި ބައެއް ލިމިޓޭޝަންތައް ވެސް އެބަހުއްޓެވެ. އެގޮތުން ގްރޫޕް މެސެޖުތަކަށް ޖަވާބު ނުދެވުމާއި، މެސެޖުތަކުގައި މީޑިއާ ނުފޮނުވުން ހިމެނެ އެވެ. އަދި މެސެޖުތަކަކީ ސެޝަން-ބޭސްޑް މެސެޖުތަކަކަށް ވާތީ، ޕީސީގައި މެސެޖުތައް އަޕްޑޭޓު ވަނީ ފޯނު ޕީސީއާ ކަނެކްޓްވެފައި އޮތުމުންނެވެ.

ފޯން ލިންކް ބޭނުންކުރުމަށް ފޯނުގައި އައިއޯއެސް 14 ނުވަތަ އެއަށްވުރެ މަތީގެ އައިއޯއެސްއެއް ހުންނަންޖެހެ އެވެ. މީގެ އިތުރުން ވިންޑޯޒް އިލެވަން، ބްލޫޓޫތު ކަނެކްޝަން، އަދި ފޯން ލިންކް އެޕްގެ އެންމެ ފަހުގެ ވާޝަން ވެސް ބޭނުންވާނެ އެވެ.

ފޯން ލިންކް އެޕް މައިކްރޮސޮފްޓް އެޕް ސްޓޯ އިން ހިލޭ ލިބެން ހުންނާނެއެވެ. މިވަގުތު އެޕް އިންސްޓޯލްކޮށްފައިވާ ޔޫޒަރުން އެޕް ސްޓޯރ މެދުވެރިކޮށް އަޕްޑޭޓް ކުރަން ޖެހޭނެއެވެ.

އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް މީގެ ކުރިން ވެސް މި ފީޗާސްތައް ލިބިފައިވާ އިރު، އައިފޯން ބޭނުންކުރާ ފަރާތްތަކަށް ވެސް ވަނީ އެކަން ބޭނުންވެފަ އެވެ. ސަބަބަކީ ޕީސީ ބޭނުންކުރަމުންދާ ވަގުތު ފޯނުން ކުރަން ޖެހޭ ކަންކަން ކުރުމަށް ޑިވައިސް ބަދަލުނުކޮށް "ސީމްލެސް" ތަޖުރިބާ އެއް ބޭނުންވާތީ އެވެ.

މި ފީޗާ ދުނިޔޭގެ 85 މާކެޓެއްގައި 39 ބަހަކުން ލިބޭނެ އެވެ. މައިކްރޯސޮފްޓް އިން ބުނެފައިވަނީ މޭ މަސް ނިމުމުގެ ކުރިން ހުރިހާ ގައުމުތަކަކަށް ފީޗާ ލިބޭ ވަރު ވާނެ ކަމަށެވެ.