Advertisement

ކެޔޮދޫ މިސްކިތަށް ގެއްލުންދިން މީހާ ހައްޔަރުކޮށްފި

25 އޭޕްރީލް 2023 - 12:44 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ވ. ކެޔޮދޫ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލާ ގެއްލުންދީފަ: މި މައްސަލާގައި މީހަކު ވަނީ ހައްޔަރުކޮށްފައި - ފޮޓޯ: ޓުވިޓާ


ކެޔޮދޫ މިސްކިތަށް ގެއްލުންދިން މީހާ ހައްޔަރުކޮށްފި

25 އޭޕްރީލް 2023 - 12:44 1

ވ. ކެޔޮދޫ މިސްކިތަށް ތަކުރާރުކޮށް ގެއްލުންދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މި މީހާގެ ބަންދާމެދު ގޮތެއް ނުނިންމާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހޯދައި ފުލުހުންނާ ހަވާލުކުރީ ކެޔޮދޫގެ އާންމު ރައްޔިތުން ނުކުމެ އެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވި "އަދަދު" އަށް ވިދާޅުވީ ހައްޔަރުކުރި މީހާ ފުރަތަމަ ގެއްލުން ދިނީ މިސްކިތުގައި ހުރި މުސްހަފުތަކަކަށް ކަމަށެވެ.

އަދި، އާދިއްތަ ދުވަހުގެ ރޭ އެ މީހާ ވަނީ މިސްކިތުގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށެވެ.

"ދީނީ ހިޔާލު ތަފާތު މީހެއް ކަން ފާހަގަވޭ، އަދި އޭނާގެ ސިކުނޑީގެ މައްސަލައެއް ހުންނަ ކަމަށްވެސް ބައެއް މީހުން ބުނާކަން ފާހަގަވޭ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައްޔަރުކުރި މީހާ މިސްކިތުގެ 20 މުސްހަފެއް ވީދާލި ކަމަށާއި މި މައްސަލަ އިދާރާތަކުން ސީރިއަސްކޮށް ބަލަންޖެހޭ ކަމަށެވެ.