Advertisement

ކޮމިޓީން ފާސްކުރީ މަސްދަރު ހާމަކުރަން ޕީޖީން ހައި ކޯޓުގައި އެދެވޭނެ ކަމަށް

23 އޭޕްރީލް 2023 - 19:50 0

މަސްދަރު ހާމަކުރުމާ ދެކޮޅަށް ނޫސްވެރިން ކުރި މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: މިރާޝް/ އަދަދު


ކޮމިޓީން ފާސްކުރީ މަސްދަރު ހާމަކުރަން ޕީޖީން ހައި ކޯޓުގައި އެދެވޭނެ ކަމަށް

23 އޭޕްރީލް 2023 - 19:50 0

ތަހުގީގުގެ ކޮންމެ މަރުހަލާއެއްގައި ވެސް ނޫސްވެރިޔާއަށް މަސްދަރު ހާމަކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހައި ކޯޓުގައި އެދެވޭ ގޮތަށް ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ހެއްކާ ބެހޭ ބިލް ތަސްދީގު ކުރިއިރު، ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިވާ ގޮތަށް މާއްދާއެއް އޮތެވެ. ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ދީފައި އޮތް އެ މާއްދާއަށް ބަދަލުތަކެއް ގެންނަން ނޫސްވެރިން ހުށަހެޅި އެވެ.

އެކަމާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ބިލުގައި އޮތީ ދައުލަތް ތަމްސީލުކުރާ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅައިގެން، ހައި ކޯޓުން ކުރާ އަމުރެއްގެ ގޮތުގައި އެކަން ކަނޑައެޅުމަށް ހުށަހަޅައިފަ އެވެ. ކުރިން ގާނޫނުގައި އޮތީ މަސްދަރު ހާމަކޮށްދިނުމަށް އެދި ދައުލަތުގެ އިތުރަށް ދައުވާ ކުރާ މީހުންނަށް ވެސް ހުށަހެޅޭ ގޮތަށެވެ.

ކޮމިޓީން ފާސްކުރި ރިޕޯޓުގައިވާ ގޮތުން މަސްދަރު ހާމަކުރުމަށް އެދި ޕީޖީން ހައިކޯޓުގައި އެދުމުން ވަކި ހާލަތްތަކެއްގައި މަސްދަރު ހާމަކުރަން އަމުރުކުރެވިދާނެ އެވެ. އެހެންނަމަވެސް, އެކަން ކުރަން ވާނީ ހާލަތްތަކަށް ރިއާޔަތް ކުރުމަށް ފަހު އެންމެ ފަހުގެ މަރުހަލާގެ ގޮތުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

އޭޖީން ހުށަހެޅިއިރު އޮތް ގޮތާ ހިލާފަށް ކޮމިޓީން ވަނީ ޝަރީއަތުގެ މަރުހަލާގައި ވެސް މަސްދަރު ހާމަކުރުމަށް އެދެވޭނެ ގޮތަށް ފާސްކޮށްފަ އެވެ.

ކޮމިޓީން ފާސްކުރި ރިޕޯޓުގައި ވަނީ ގައުމީ ސަލާމަތް މާނަ ކުރުމަށް ވެސް ބައެއް ބަދަލު ގެނެސްފަ އެވެ. އެގޮތުން ގާނޫނު އަސާސީގައިވާ ގޮތާ އެއްގޮތް ކޮށް، ރައްޔިތުންނަށް ލިބިދީފައިވާ ގާނޫނީ ހައްގުތައް ބޭނުންކޮށްގެން ހިންގާ ކަންކަން ނުހިމެނޭނެ ކަމަށް ބަޔާންކޮށްފަ އެވެ.