Advertisement

އުތުރު ކޮރެއާގެ މިސައިލްތަކާ ގުޅިގެން ޖަޕާނުގެ ސިފައިން އެލާޓުގައި

23 އޭޕްރީލް 2023 - 06:30 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އުތުރު ކޮރެއާގެ މިސައިލެއް ލޯންޗުކުރި މަންޒަރު ޓީވީއިން ދައްކަނީ. -- ފޮޓޯ: އޭއެފްޕީ


އުތުރު ކޮރެއާގެ މިސައިލްތަކާ ގުޅިގެން ޖަޕާނުގެ ސިފައިން އެލާޓުގައި

23 އޭޕްރީލް 2023 - 06:30 0

ޓޯކިޔޯ، ޖަޕާން (އެޕްރީލް 22) - އުތުރު ކޮރެއާގެ ފުރަތަމަ ޖާސޫސީ ސެޓެލައިޓް ލޯންޗުކުރަން ތައްޔާރުވެފައިވާކަން އިއުލާންކުރުމާ އެކު ޖަޕާނުގެ ސިފައިން ތައްޔާރީ ހާލަތަށް ގެނެސްފި އެވެ.

ސިފައިންނަށް އަމުރު ކުރީ އުތުރު ކޮރެއާއިން ފޮނުވާ ބެލިސްޓިކް މިސައިލެއް ވައްޓާލަން ތައްޔާރަށް ތިބުމަށެވެ. ދުނިޔޭގެ އޯބިޓަށް ސެޓެލައިޓް ފޮނުވޭނީ ދިގު ރާސްތާގެ ޕްރޮޖެކްޓައިލެއްގެ އެހީގަ އެވެ.

އެފަދަ ދުރު ރާސްތާގެ މިސައިލެއް ނުވަތަ ރޮކެޓެއް ލޯންޗުކުރުމަކީ އުތުރު ކޮރެއާއަށް މަނާ ކަމެއްގެ ގޮތުގައި އދ. އިން އަންގާފައިވެ އެވެ.

ހޮނިހިރު ދުވަހު ޖަޕާނުގެ މިނިސްޓަރު ޔަސުޒަކޫ ހަމާޑާ ދިފާއީ ފައުޖަށް އެންގީ ބެލިސްޓިކް މިސައިލެއް ވައްޓާލުމުގެ އަމުރެއް ލިބުން އެކަށީގެންވާ ކަމަށެވެ.

ބެލިސްޓިކް މިސައިލެއް ވެއްޓޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ލިބޭނެ ގެއްލުން ވީ އެންމެ ކުޑަ ކުރަން ފިޔަވަޅު އެޅުމަށް ވެސް އޭނާ ސިފައިންނަށް އެންގެވި އެވެ.

އަންގާރަ ދުވަހު ޖަޕާނުގައި އޮތް ޖީ7 ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އުތުރު ކޮރެއާއަށް ގޮވާލީ ބެލިސްޓިކް މިސައިލް ޓެސްޓު ކުރުން ހުއްޓާލުމަށެވެ.