Advertisement

އަލިފުށީ ޓިވެޓް ސެންޓަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

19 އޭޕްރީލް 2023 - 20:54 0

ނިމާ ހަސަން

ނިމާ ހަސަން

އަލިފުށީގައި ޓިވެޓް ސެންޓަރު ތަރައްގީކުރާ ސަރަހައްދު މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ


އަލިފުށީ ޓިވެޓް ސެންޓަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

19 އޭޕްރީލް 2023 - 20:54 0

ރ. އަލިފުށީގައި ތަރައްގީކުރާ ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ، އެ ސެންޓަރުގެ ތިން ބްލޮކުގެ ވެސް ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ރޭނުމުގެ މަސައްކަތްތައް ފަށައިގެން ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި ސްޓޭޓް އޮފް ދި އާޓް އައިސީޓީ ލެބޯޓަރީއާއި ވޯކްޝޮޕަށް ބޭނުންވާ އާލާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ސެންޓަރު ހިންގުމަށް ތައްޔާރީތަކުގެ ތެރެއިން ކިޔަވައިދޭ ޕްރޮގްރާމުތަކުގެ ޓެކްނިކަލް އަދި އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

އަލިފުށީ ޓިވެޓް ސެންޓަރުގައި ބޯޓް ބިލްޑިން ދާއިރާއިން ހާއްސަ ކޯސްތަކާއި އެހެނިހެން ވޮކޭޝަނަލް ދާއިރާތަކުން ތަފާތު ކޯސްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އެރަށުގައި ޓިވެޓް ސެންޓަރު ގާއިމުކުރަނީވެސް އެރަށަކީ ބޯޓު ބަނުމުގެ މުއްސަނދި ސަގާފަތަކާއި ތާރީހެއް އޮތް ރަށަކަށްވާތީ އެވެ.

މި ސެންޓަރު ގާއިމުކުރަނީ ދަނާލަކާއެކު ކަމަށްވާތީ، އަލިފުށިން ހުނަރު ދަސްކުރުމަށް ބޭނުންވާ، ރަށުން ބޭރުގެ ޒުވާނުންނަށް ވެސް ރައްކާތެރި ގޮތުގައި އެ ފުރުސަތު ލިބިގެންދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވެ އެވެ.

އަލިފުށީފައި ގާއިމުކުރާ ޓިވެޓް ސެންޓަރުގައި ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަނާ ގުޅޭ ޕްރޮގްރާމްތައް ހިންގަން ހާއްސަ ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި ޕާޕަސް ވޯކްޝޮޕާއި، ކިޔަވައިދޭ ކްލާސް ރޫމާއި އައިސީޓީ ލެބޯޓްރީއެއް ވެސް ގާއިމްކުރަން ވަނީ ހަމަޖެހިފަ އެވެ.

އަދި އިދާރީ ހިދުމަތްދޭން ހާއްސަ ތަނަކާއި، ސްޓާފް ރޫމަކާއި، ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ ސަރަހައްދުގެ އިތުރުން އޮޑިޓޯރިއަމް، މީޓިން ރޫމްތައް އަދި ސްޓަޑީ ރޫމަތައް އަދި ލައިބްރަރީއެއް ވެސް ހުންނާނެ އެވެ. އެތަނުގައި ކުޅިވަރު ކުޅޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމް ހިމެނޭ ރެކްރިއޭޝަން ބްލޮކެއް ވެސް ހިމެނުމަށް ވަނީ ރާވާފަ އެވެ.