Advertisement

އުތުރު ކޮރެއާގެ ފުރަތަމަ ޖާސޫސީ ސެޓެލައިޓް ތައްޔާރުކޮށް ނިމިއްޖެ

20 އޭޕްރީލް 2023 - 07:28 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން. -- ފޮޓޯ: އޭއެފްޕީ


އުތުރު ކޮރެއާގެ ފުރަތަމަ ޖާސޫސީ ސެޓެލައިޓް ތައްޔާރުކޮށް ނިމިއްޖެ

20 އޭޕްރީލް 2023 - 07:28 0

އުތުރު ކޮރެއާގެ ފުރަތަމަ ޖާސޫސީ ސެޓެލައިޓް ތައްޔާރުކޮށް ނިމިއްޖެ ކަމަށާއި ރާވާފައިވާ ގޮތަށް އެ ސެޓެލައިޓް ލޯންޗު ކުރުމަށް އޮފިޝަަލުންނަށް އަމުރުކޮށްފައިވާ ކަމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ނޭޝަނަލް އެއިރޯސްޕޭސް ޑިވެލޮޕްމަންޓް އޮފީހަށް ވަޑައިގެން ކިމް އަމުރުކުރެއްވީ ސެޓެލައިޓުތައް ދުނިޔޭގެ އޯބިޓަށް ފޮނުވުމަށެވެ.

އެއީ އެމެރިކާ އާއި ދެކުނު ކޮރެއާ ފަދަ ގައުމުތަކުން އޮތް ނުރައްކާ ހުއްޓުވުމަށް މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ކިމް ސިފަކުރެއްވި ކަމަށް ދައުލަތުގެ ނިއުސް އެޖެންސީ ކޭސީއެންއޭއިން ރިޕޯޓުކުރި އެވެ.

ސެޓެލައިޓް ލޯންޗު ކުރުމުގެ މަސައްކަތް އަވަސް ކުރުމަށް އޮފިޝަލުންނަށް ކިމް އެންގެވި ކަމަށް ކޭސީއެންއޭއިން ބުންޏެވެ. އެހެން ނަމަވެސް، އެކަމަށް ކަނޑައަޅާފައިވާ ތާރީހެއް އިއުލާން ނުކުރެ އެވެ.

ކިމް ވިދާޅުވީ ދެކުނު ކޮރެއާއަކީ އެމެރިކާގެ މަރުކަޒަކަށް ހަދާފައިވާ ކަމަށާއި ދުޝްމަނުންގެ ހަރަކާތްތަކާ ގުޅޭ މައުލޫމާތު "ރިއަލް ޓައިމްގައި" ލިބުމަކީ އުތުރު ކޮރެއާގެ ދިފާއަށް އެންމެ މުހިއްމު ކަންތައް ކަމަށެވެ.

އުތުރު ކޮރެއާއިން އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ގިނަ ހަތިޔާރުތަކެއް ދަނީ އުފައްދަމުންނެވެ. އޭގެ ތެރޭގައި އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް ވެސް ހިމެނެ އެވެ.