Advertisement

ގޮވާމުން ބަލައިގަތް ޒަކާތް މާދަމާ ބަހަން ފަށަނީ

18 އޭޕްރީލް 2023 - 12:40 0

ނިމާ ހަސަން

ނިމާ ހަސަން

މާލެ ސިޓީގައި ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ގޮވާމުން ބަލައިގަތް ޒަކާތް މާދަމާ ބަހަން ފަށަނީ

18 އޭޕްރީލް 2023 - 12:40 0

މި ރޯދަ މަހު ފިތުރު ޒަކާތުގެ ގޮތުގައި މާލެއިން ބަލައިގަތް ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް އިސްލާމުކް މިނިސްޓްރީން ހާމަކޮށްފި އެވެ.

މި ރޯދަ މަހު ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ބަލައިގަތް ގޮވާމުގެ ބާވަތްތައް ބަހާނީ، މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. މި ތަކެތި ބެހުން ކުރިއަށް ދާނީ ބުދަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށެވެ.

ގޮވާމުން ޒަކާތް ބެހުން ކުރިއަށް ދާނެ ގޮތް:

19 އޭޕްރީލް، ބުދަ (މާދަމާ)

  • 1:00 އިން 3:15 އަށް
  • 4:00 އިން 5:00 އަށް 9:00 އިން 10:30 އަށް

20 އޭޕްރީލް، ބުރާސްފަތި

  • 10:00 އިން 5:30 އަށް
  • 8:00 އިން 10:00 އަށް

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީގައި ގޮވާމުން ޒަކާތް ބެހުން ކުރިއަށް ދާނީ މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލުގައި ކަމަށެވެ.

ރާއްޖޭގައި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރުގައި 9،041 މީހުން ރެޖިސްޓްރީ ކޮށްފައިވެ އެވެ.

ގޮވާމުގެ ގޮތުގައި ލިބުނު ޒަކާތް ބަހަން ތައްޔާރުވެފައިވާއިރު، އަދިވެސް ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން, އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންލައިން ހަ މަންސައެއް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ. އަދި, އެ ދުވަހުގެ ނިޔަލަށް ގޮވާމުން ވެސް ޒަކާތް ދެއްކޭނެ އެވެ.