17 އޭޕްރީލް 2023 - 06:07 2
އައިޝަތު ނުޒުހާ
ފެނަކަ އެމްޑީ ސައީދު؛ ފެނަކައިން އެތައް ކުންފުންޏަކަށް ދަރާފައިވާ މައްސަލަ ވަނީ ބޮޑުވެފައި--
17 އޭޕްރީލް 2023 - 06:07 2
ސަރުކާރުގެ ފެނާއި ކަރަންޓު ދޭ ކުންފުނި، ފެނަކައިން އެކިއެކި ކުންފުނިތަކަށް ދަރާފައިވާ މައްސަލައިގައި އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލާފައިވަނިކޮށް، އެކަމާ ގުޅިގެން ގަރާރެއް މަޖިލީހަށް ވައްދައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ހުށަހަޅުއްވާފައިވަނީ ކުއްލި މައްސަލަ ވެސް ހުށަޙެޅުއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
ފެނަކަ ކުންފުނިން ހިދުމަތްތައް ހޯދުމަށް ފަހު 2.8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ކުންފުނިތަކަށް ދަރާފައިވާ ކަމަށް މަސްދަރުތައް ބުނެ އެވެ.
މިއަދު ހުށަހެޅި ގަރާރުގައި ވަނީ ފެނަކައިން ދަރާފައިވާ ފައިސާ ދޫކުރެވޭނެ ނިޒާމެއް ހަމަ ޖައްސައި، ފެނަކައިގެ މެނޭޖުމަންޓާއި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނި އަދާކުރެވޭނެ ގޮތުގެ ޕްލޭނެއް ހެދުމަށް ގޮވައިލައިފަ އެވެ.
ފެނަކައިން ކުންފުނިތަކަށް ދަރާފައިވާ މައްސަލަ މަޖިލީހުން ބޭރު
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިން ހިދުމަތްތައް ހޯދުމަށް ފަހު 2.8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ކުންފުނިތަކަށް ދަރާފައިވާ ކަމަށެވެ.
ފެނަކައިން ކުންފުނިތަކަށް ދަރާފައިވާ މައްސަލަ މަޖިލީހުން ބޭރު
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިން ހިދުމަތްތައް ހޯދުމަށް ފަހު 2.8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ކުންފުނިތަކަށް ދަރާފައިވާ ކަމަށެވެ.
"އެ ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑެތި މާލީ ދަތިތަކާ ކުރިމަތިވެ، މުސާރަ ނުދެވި އަދި ކުލި ނުދެއްކުން ފަދަ ކަންކަން ހަމަޖެއްސުމަށް ދަތިވެ ވިޔަފާރިތައް ހުއްޓި، ބަނގުރޫޓުވާ ހިސާބަށް ގޮސްފައި،" ގަރާރުގައި ބުނެފައިވެ އެވެ.
ފެނަކައިން ލާރި ނުދޭ މައްސަލައިގައި އަމިއްލަ ކުންފުނިތަކުން ވަނީ ފާއިތުވީ ހަފްތާގައި އެ އޮފީސް ކުރިމަތީގައި މުޒާހަރާ ވެސް ކޮށްފަ އެވެ.
މި މައްސަލައިގައި ފާއިތުވީ ހަފްތާގައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލާފައިވަނީ ދެ ވޯޓު މަދުވެގެންނެވެ. ބަލައިގަންނަ ފެންނަ ކަމަށް 15 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވި އެވެ. މައްސަލަ ބަލައިގަންނަން 17 ވޯޓު ބޭނުން ވެ އެވެ.
ކުއްލި މައްސަލައަކީ އެޖެންޑާ ކުރުމެއް ނެތި މަޖިލީހުގެ ޖަލްސާ ފެށޭ ގަޑިއަށް ހުށަހެޅޭ "ކުއްލި" ހުށަހެޅުންތަކެވެ. ބޭނުމަކީ ސަރުކާރުގެ ސަމާލުކަމަށް ކަންކަން ގެނައުމެވެ. ކުއްލި މައްސަލައެއް ހުށަހެޅިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ އެދުވަހުގެ އެޖެންޑާ މަޑުޖައްސާލުމަށްފަހު، މަޖިލީހުން ފުރަތަމަ އިންސާފުކުރަންޖެހެނީ ހުށަހެޅިފައި އޮތް ކުއްލި މައްސަލައަށެވެ.
އެހެންނަމަވެސް ކުއްލި މައްސަލައަށް ބަހުސް ކުރިނަމަވެސް ނުކުންނާނެ ނަތީޖާއެއް ނޯވެ އެވެ. ވޯޓެއް ނެގުމެއް، ތަޅުމުން ފާސްކުރުމެއް ނޯންނާނެ ނުވަތަަ އެ ނޫން ވެސް ނިންމުންތަކެއް ނިންމުމެއް ނޯންނާނެ އެވެ.
އެއާ ހިލާފަށް ގަރާރަށް ބަހުސްކޮށް، ކޮމިޓީއަށް ފޮނުވައި ލަފާ ދޭނެ ގޮތުގެ ރިޕޯޓު ވެސް އެކުލަވައިލެވޭނެ އެވެ. އެހެންނަމަވެސް ބިލުގެ މައްޗަށް ހިނގާ އުސޫލު ގަރާރުގެ މައްޗަށް ހިނގި ނަމަވެސް ތަންފީޒު ކުރުން ލާޒިމެއް ނުވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އަހުމަދު
almost 2 years ago
އެމްޑީޕީއެކޭ ޕީޕީއެމްއެކޭ ވަކިތަފާތެއްނެތެވެ. ބާރުލިބުނީމާ ވެރިމީހާ އެބާރު ނުކިއްސަރުކޮށް ބާރުގެ ބޭނުންކުރަނީއެވެ. މިދައްކަނީ ފެނަކާއަށް 2019 ވަނަ އަހަރު ދިން ޚިދުމަތެއްގެ ލާރި ނުލިބޭ ވާހަކައެވެ. އެވާހަކަ ދައްކާތީ ސަރުކާރުން ބޭނުންވަނީ މަޖުލިހުގެ މެމްބަރުންނަ ނުފޫޒް ފޯރުވައިގެން އެފައިސާ ނުދައްކާވޭތޯއެވެ. އެކަމަކު މަޖުލިސްގެ މެމްބަރުންނަކީ ރައްޔިތުންގެ މެމްބަރުންނޯ ؟
ބިންބޮން
almost 2 years ago
އިހުލާސްތެރިކަމެއް ހުރިއްޔާ ތިޔަ ހުށަހަޅާބަލަ ތިޔަ ކަންކަން ބަލާ ކޮމިޓީއަށް. ތިޔަ ކުރަން އުޅެނީ ރަނގަޅު ކަމެއް، ރަނގަޅު ސުވާލެއް ހަމަ. އެކަމު ކަން ކުރަން އުޅޭ ގޮތުން ނިޔަތުގައި މައްސަލަޔެއް އުޅޭކަމަށް ފާހަގަވަނީ
Comment