Advertisement

ރޯދަ އާއި ވިއްސާރައަށް ބެލުމެއްނެތި ގުޅިން 80 ޕަސެންޓު ވޯޓުލައިފި

15 އޭޕްރީލް 2023 - 17:24 0

ކ. ގުޅިން

އަހުމަދު އާއިދު

އަހުމަދު އާއިދު

ކ. ގުޅީ ސްކޫލުގައި ބަހައްޓާފައިވާ ވޯޓުފޮށި ސަރަހައްދުގައި ޕާޓީތަކުން ހަރަކާތްތެރިވަނީ - ފޮޓޯ: އަދަދު


ރޯދަ އާއި ވިއްސާރައަށް ބެލުމެއްނެތި ގުޅިން 80 ޕަސެންޓު ވޯޓުލައިފި

15 އޭޕްރީލް 2023 - 17:24 0

ކ. ގުޅިން

މިއަދު ކުރިއަށްދާ ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ކ. ގުޅީގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓުލުމަށް ރެޖިސްޓާ ކޮށްފައިވާ މީހުންގެ ތެރެއިން 80 އިންސައްތަ މީހުން ވޯޓުލައިފި އެވެެ.

ގުޅީ ސްކޫލުގައި ބަހައްޓާފައިވާ ވޯޓުފޮއްޓަށް ޖުމްލަ 615 މީހުން ރަޖިސްޓާ ކޮށްފައިވާއިރު، 514 އަށްވުރެ ގިނަ މީހުން ވަނީ އެ ފޮށްޓަށް ވޯޓުލާފަ އެވެ. އަދި 6:30 ގައި ވޯޓު ގުނަން ފަށާނެ ކަމަށް ފޮށްޓާ ހަވާލުވެހުރި އީސީގެ އޮފިޝަލް ބުންޏެވެ.

ވޯޓުލާ ސަރަހައްދުގައި ތިން ޕާޓީގެ މެންބަރުން ވެސް ހަރަކާތްތެރިވަމުން އަންނައިރު، އެމްޑީޕީގެ ފަރާތުން އިސްކޮށް ހުންނެވީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު އެވެ. ޕީޕީއެމްގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވަނީ އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

ވޯޓުލާ މަރުކަޒު ކައިރި އިދިކޮޅު ފަރާތްތަކުން ހަރަކާތްތެރިވަނީ - ފޮޓޯ: އަދަދު


މިއަދުގެ އިންތިހާބާ ބެހޭގޮތުން ވާހަކަދައްކަމުން، ގުޅީގެ ޕީޕީއެމްގެ އިސް ފަރާތެއް ކަމަށްވާ މުހައްމަދު ފަތުހުﷲ "އަދަދު" އަށް ވިދާޅުވީ މި އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކޮށް ވޯޓުގުނާ ވަގުތު ލަސްކުރީ ސަރުކާރުން އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ކަމަށެވެ.

“ސަރުކާރުން ބުނާނެ ތިމަންނަމެން ނުފޫޒެއް ނުފޯރުވޭނެއޭ، އެކަމަކު ސްޓެލްކޯ އެއްކޮށް މިތަނުގައި މިއޮތީ، ބަންދުކުރާ ގަޑި ބަދަލުކޮށްފި، ގުނާ ގަޑި ބަދަލުކޮށްފި، މި ވަރަކަށް ނޫންތޯ ނުފޫޒު ފޯރުވޭނީ،" ފަތުހުﷲ ބުނި ގޮތުގައި ސަރުކާރުގެ ނުފޫޒާއެކުވެސް ގުޅީގެ މެޖޯރިޓީ ޕީޕީއެމުން ނަގާނެ ކަމަށެެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއިން ގުޅީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހުސެއިން ފަހުދުވެސް ބުނީ އެގްޒިޓް ޕޯލްތަކުން ކުރީގައި އުޅެނީ އެމްޑީޕީގެ ކެންޑިޑޭޓު ކަމަށެވެ. އަދި މިއަދުގެ މޫސުމާއި ރޯދަމަހާ ބަލާއިރު މިއަދު ވޯޓުލާން ނިކުތް މީހުންގެ އަދަދު އޭނާ ފާހަގަކުރި އެވެ.

"ރޯދަމަހެއްގަ، މިކަހަލަ ވިއްސާރަ ދުވަހަކާ ބަލާއިރު، އެހެން އިންތިހާބުތަކަށްވުރެ ވެސް ގިނައިން މިއަދު މީހުން ވޯޓުލައިފި، އެކަން ފާހަގަކޮށްލަންޖެހޭ،" ފަހުދު ބުންޏެވެ.

މިއަދުގެ އިންތިހާބުގައި ގުޅީގައި ބަހައްޓާފައިވަނީ އެއް ފޮއްޓެވެ. މީގެ އިތުރުން މާފުށި އަދި ގުރައިދޫ، ކޮންމެ ރަށެއްގައި ދެ ފޮށި އަދި މާލޭގައި އެއް ފޮށި ބަހައްޓާފައިވެ އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަންޖެހުނީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި އިބްރާހިމް ރިޒާ، 55، ނިޔާވުމުންނެވެ. އޭނާ ނިޔާވީ ކެންސަރަށް ފަރުވާ ކުރަމުންދާތާ ގިނަ ދުވަސްތަކަކަށްފަހެވެ.

ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9، ގައި ބާއްވަން 147 އަށް ކައިރިވެފައި އޮއްވާ މިއަދު ކުރިއަށްދާ އިންތިހާބުން މޮޅުވުން އިދިކޮޅަށް އަދި ސަރުކާރަށް ވެސް މުހިންމެވެ.