Advertisement

ސާނޭ ގައިގައި ޖަހައިގެން މާނޭ ސަސްޕެންޑްކޮށްފި

13 އޭޕްރީލް 2023 - 20:12 0

ބަޔާނާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން ސާނޭ (ކ) އާއި މާނޭ ދަނޑުމަތީގައި ޒުވާބުކުރަނީ.


ސާނޭ ގައިގައި ޖަހައިގެން މާނޭ ސަސްޕެންޑްކޮށްފި

13 އޭޕްރީލް 2023 - 20:12 0

މިއުނިކް (އޭޕްރީލް 13) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހުގެރޭ މެންޗެސްޓާ ސިޓީ ދަނޑުގައި 3-0 އިން ބަޔާން މިއުނިކް ބަލިވި މެޗުގެ ތެރެއިން އުފެދުނު ހިޔާލުތަފާތުވުމެއްގެ ސަބަބުން ބަޔާނުގެ ލެރޯއި ސާނޭ މޫނުމަތީގައި އެ ޓީމުގެ ސަޑިއޯ މާނޭ ޖެހި މައްސަލައިގައި އޭނާ ސަސްޕެންޑް ކުރަން އެ ކްލަބުން ނިންމައިފި އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ސާނޭ ކުޅުނުއިރު، މާނޭ ކުޅެން އެރީ ބަދަލަކަށެވެ.

ދެ ވަނަ ހާފުގައި މާނޭ ބަދަލަކަށް ކުޅެން އެރި ފަހުން، ދަނޑުމަތީގައި ސާނޭއާ ދެމެދު ޒުވާބެއް ހިނގި އެވެ. މެޗަށް ފަހު އެކަން އިތުރަށް ގޯސްވެ، މާނޭ ގޮސް ސާނޭ މޫނުމަތީގައި ޖަހާފައިވާ ކަމަށް ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ދެ ކުޅުންތެރިން ދުރުކުރަން ޖެހުނީ ޓީމުގެ އެހެން ކުޅުންތެރިން ވެގެން ކަމަށް ވެސް ވަނީ މީޑިއާތަކުން ރިޕޯޓްކޮށްފަ އެވެ.

މި މައްސަލައިގައި ބަޔާނުން ވަނީ ޑިސިޕްލިނަރީ ފިޔަވަޅެއްގެ ގޮތުން މާނޭ އެއް މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. އަދި މާނޭ ޖޫރިމަނާއެއް ކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ލިވަޕޫލް ދޫކޮށް މި ސީޒަނުގައި ބަޔާން އަށް ބަދަލުވި މާނޭގެ ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ، އަލުން ކުޅުމަށް އައި ފަހުން ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ލިބުން ވަނީ އުނދަގޫވެފަ އެވެ. އަދި ބަޔާންގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން ވެސް މާނޭ އަށް ކުޅުމުގެ ފުރުސަތު ގިނައިން ލިބޭ ގޮތެއް އަދި ނުވެ އެވެ.