Advertisement

ތިމާވެއްޓާއި މާލިއްޔަތުގެ ފޯރަމަކަށް ނަޝީދު އެމެރިކާއަށް

13 އޭޕްރީލް 2023 - 10:59 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް މުހައްމަދު ނަޝީދު؛ ތިމާވެށީގެ ފޯރަމަކަށް އެމަނިކުފާނު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް މިއަދު ފުރާވަޑައިގެންފި - ފޮޓޯ: މަޖިލިސް


ތިމާވެއްޓާއި މާލިއްޔަތުގެ ފޯރަމަކަށް ނަޝީދު އެމެރިކާއަށް

13 އޭޕްރީލް 2023 - 10:59 1

ކްލައިމެޓް ވަނަރަބަލް ފޯރަމް (ސީވީއެފް)ގެ އެމްބެސެޑަރުގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތިމާވެށީގެ ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

އިއްޔެއިން ފެށިގެން އަންނަ ހޯމަ ދުވަހަށް ކުރިއަށްދާ އެ ފޯރަމަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި ސީވީއެފް ގުޅިގެން ބާއްވާ ވަލްނަރަބަލް 20ގެ މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމެވެ.

އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާ، ގާނާގެ ފިނޭންސް އެންޑް އެކޮނޮމިކް މިނިސްޓަރު ކެނެތު އޮފޮރި އައްޓާގެ ފަރާތުން ހާއްސަ ދައުވަތެއް ނަޝީދަށް ފޮނުވާފައިވާ ކަމަށް މަޖިލީހުން ބުންޏެވެ. އަދި އެ ދަތުރުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ ސީއެމްއެފްގެ ފަރާތުން ކަމަށް ވެސް މަޖިލީހުން ބުންޏެވެ.

ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އައިއެމްއެފްއާއި ވާލްޑް ބޭންކް އަދި ސީވީއެފްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ސީވީއެފް އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގައުމު ބައިވެރިވާ ބައިނަލްއަގުވާމީ ފޯރަމްއެކެވެ. މި ފޯރަމް އުފެއްދީ 2009ވަނަ އަހަރު އޭރުގެ ރާއްޖޭގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެންނެވެ.

ސީވީއެފް މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން ގައުމުތައް އަހުލުވެރިކޮށް، ތިމާވެށްޓާ ރަޙްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތްކުރުމެވެ.