11 އޭޕްރީލް 2023 - 07:09 0
އައިޝަތު ނުޒުހާ
ފެނަކަ އެމްޑީ ސައީދު؛ ފެނަކައިން އެތައް ކުންފުންޏަކަށް ދަރާފައިވާ މައްސަލަ ވަނީ ބޮޑުވެފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
11 އޭޕްރީލް 2023 - 07:09 0
ސަރުކާރުގެ ފެނާއި ކަރަންޓު ދޭ ކުންފުނި، ފެނަކައިން އެކިއެކި ކުންފުނިތަކަށް ދަރާފައިވާ މައްސަލައިގައި ހުށަހަޅާފައިވާ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިން ހިދުމަތްތައް ހޯދުމަށް ފަހު 2.8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ކުންފުނިތަކަށް ދަރާފައިވާ ކަމަށެވެ.
"އެ ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑެތި މާލީ ދަތިތަކާ ކުރިމަތިވެ، މުސާރަ ނުދެވި އަދި ކުލި ނުދެއްކުން ފަދަ ކަންކަން ހަމަޖެއްސުމަށް ދަތިވެ ވިޔަފާރިތައް ހުއްޓި، ބަނގުރޫޓުވާ ހިސާބަށް ގޮސްފައި،" ކުއްލި މައްސަލައިގައިވެ އެވެ.
އަދި ފެނަކައިން ދަރައި، ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާއިރު ވެސް އެކަމަށް ރިއާޔަތް ކުރުމެއް ނެތި ސިޔާސީ ކަންކަމާއި އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް އެތައް ހަރަދެއް އެ ކުންފުނިން ކުރަމުން ދާ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ ދެ ވޯޓު މަދުވުމުންނެވެ. ބަލައިގަންނަ ފެންނަ ކަމަށް 15 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވި އެވެ. މައްސަލަ ބަލައިގަންނަން 17 ވޯޓު ބޭނުން ވެ އެވެ.
ފެނަކައިން ލާރި ނުދޭ މައްސަލައިގައި އިއްޔެ ވަނީ ކުންފުނިތަކުން އެ އޮފީސް ކުރިމަތީގައި މުޒާހަރާ ވެސް ކޮށްފަ އެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment