Advertisement

ރައީސްގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް ހިންގާތީ ސަމާލުވާން އެދިއްޖެ

10 އޭޕްރީލް 2023 - 22:42 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެމަނިކުފާނުގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް ހިންގާތީ ސަމާލުވާން ވަނީ އަންގައިފި - ފޮޓޯ: ރައީސް އޮފީސް


ރައީސްގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް ހިންގާތީ ސަމާލުވާން އެދިއްޖެ

10 އޭޕްރީލް 2023 - 22:42 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަމުގައި ސައްހަނޫން އިންސްޓަގްރާމް އެކައުންޓެއް ހިންގާތީ ސަމާލުވުމަށް ރައީސް އޮފީހުން އެދިއްޖެ އެވެ.

ރައީސް އޮފީހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ރައީސްގެ ނަމުގައި ސައްހަނޫން އިންސްޓަގްރާމް އެކައުންޓެއް ހިންގަމުންދާކަން އެ އޮފީހަށް އެނގިފައިވާ ކަމަށެވެ. އަދި އެއީ ރައީސް ބޭނުންކުރައްވާ ނުވަތަ އެންޑޯޒްކުރައްވާ އެކައުންޓެއް ނޫން ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ.

އެގޮތުން ރައީސް ސޯލިހުގެ އިންސްޓަގްރާމް އެކައުންޓަކީ 'ibusolih' ކަމަށާއި '_ibusolih' ގެ ނަމުގައި ހިންގަނީ ސައްހަނޫން އެކައުންޓެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސައްހަ ނޫން އެކައުންޓުން މިއަދު ވަނީ ރައީސްގެ ފޮޓޯ ހިމެނޭހެން 90 އަށްވުރެ ގިނަ ޕޯސްޓްކޮށް، ސްޓޯރީތައްވެސް އަޕްލޯޑްކޮށްފަ އެވެ.

ސައްހަނޫން އެކައުންޓުތައް ހަދައިގެން ދޮގު މައުލޫމާތު ފެތުރުން އާންމުވަމުން އަންނައިރު، ދުނިޔޭގެ އެހެން ގައުމުތަކުގެ އިސްވެރިންގެ ނަމުގައިވެސް އެކި ސޯޝަލް މީޑިއާ އެކައުންޓުތައް ހިންގުމުގެ މައްސަލަތައް ވަނީ މީގެ ކުރިން ފެންމަތިވެފަ އެވެ. ރާއްޖޭގައިވެސް މަދުން ނަމަވެސް މިފަދަ މައްސަލަތައް ވަނީ ދިމާވެފަ އެވެ.