Advertisement

ބޭނުންވަނީ ގިނަ ބައެއްގެ ބައިވެރިވުން އޮވެގެން ގައުމު އިސްލާހުކުރަން: ޖޭޕީ

7 އޭޕްރީލް 2023 - 13:33 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު

ޖުމްހޫރީ ޕާޓީގެ އިސްވެރިން، ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބޭނުންވަނީ ގިނަ ބައެއްގެ ބައިވެރިވުން އޮވެގެން ގައުމު އިސްލާހުކުރަން: ޖޭޕީ

7 އޭޕްރީލް 2023 - 13:33 0

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)އާ އެކު މަޝްވަރާކުރަން ބޭނުންވަނީ ގިނަ ބައެއްގެ ބައިވެރިވުން އޮންނާނެ ގޮތުގެ މަތިން ގައުމުގެ ކަންކަން އިސްލާހުކުރުމަށް މަގުފަހިކުރުމަށް ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި، ޖޭޕީން އަންނަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ގިނަ ޕާޓީތަކާއެކު ކުރަމުންނެވެ. އެ ދައުވަތު އެންމެ ފަހުން ދީފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ އުފައްދަވާފައިވާ އެމްޓީޑީ އަށެވެ.

އެކަމާ ގުޅޭގޮތުން "އަދަދު" އިން ކުރި ސުވަލާކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ޖޭޕީން ބޭނުންވަނީ ގިނަ ބައެއްގެ ބައިވެރިވުން އޮންނާނެ ގޮތުގެ މަތިން ގައުމުގެ ކަންކަން އިސްލާހުކުރުމުގެ އިތުރުން ބޮޑު އަދި ވަރުގަދަ ކޯލިޝަނެއް އެކުލަވާލަން ކަަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ކަންކަން މިހާރު ހުރި ގޮތަށް ބަލާފައި ބޮޑު ކޯލިޝަނެއް ހަަދަން،" އަމީން ވިދާޅުވި އެވެ.

ޖޭޕީން ވަނީ މީގެ ކުރިން އިދިކޮޅު ޕީޕީއެމް އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އާއި އެމްއެންޕީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރަށް ވެސް ދައުވަތު ފޮނުވައިފަ އެވެ.

އޭގެ ތެރެއިން ޕީޕީއެމް، އެމްއެންޕީ އަދި އުމަރު ޖޭޕީއާއެކު ކޯލިޝަން ނުހަދާނެކަމަށް ބުނެފައިވާއިރު، އެމްއާރުއެމްއިން މިހާރު ވަނީ ކޮލިޝަން ހަދަން ޖޭޕީއާއެކު ވެސް މަޝްވަރާކުރުމަށް ނިންމާފަ އެވެ.

ރިޔާސީ އިންތިހާބަށް ގާސިމް ނުކުންނަވަން ނިންމެވީ މިދިޔަ ހަތަރު އަހަރު ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު އެއް ޕާޓްނަރުގެ ގޮތުގައި ހުންނެވުމަށްފަހު އެވެ. އޭގެ ފަހުން ޖޭޕީން ގެންދަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތް ކުރަމުންނެވެ.