7 އޭޕްރީލް 2023 - 13:31 0
މުހައްމަދު ހަފީޒު
7 އޭޕްރީލް 2023 - 13:31 0
ރޯދަ މަހަކީ ހާއްސަ މަހަކަށް ވުމާއެކު ފަހަކަށް އައިސް ޕްރޮމޯޝަންގެ ގޮތުގައި އަދި އާންމުންނަށް އެކި އިނާމު ލިބޭ ގޮތަށް ތަފާތު ހަރަކާތްތައް ވިޔަފާރިކުންފުނިތަކުން ހިންގަ އެވެ. އެއްބަޔަކަށް ވުރެ އަނެއް ބަޔަކު މޮޅު ކަމެއް ކޮށްލެވޭތޯ އެވެ.
މިފަހަރުގެ ރޯދަ މަހު ބައެއް ކުންފުނިތަކުން ތަފާތު ކަންކަން ތައާރަފުކުރިއިރު، އެފަދަ ފާހަގަ ކޮށްލެވޭ އެއް ހަރަކާތަކީ ވިލާ ޓްރޭޑިން އިން ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ "ރޯދަ ޓްރިވިއާ" ދީނީ ސުވާލު މުބާރާތެވެ. ބޭނުމަކީ ދީނީ އިލްމު މުއްސަނދި ކުރުމަށާއި ދީނީ މައުލޫމާތު ފެތުރުމެވެ.
ވިލާ ޓްރޭޑިންގެ އިންސްޓަގްރާމް އަދި ފޭސްބުކްގައި މުބާރާތުގެ ހުރިހާ އެޕިސޯޑުތަކެއް ޕޯސްޓްކުރާނެ އެވެ. ފުރަތަމަ އެޕިސޯޑް ވަނީ މިހާރު ނިމިފަ އެވެ.
ރޯދަ ޓްރިވިއާގައި ބައިވެރިވީ އެލައިޑް އިންޝުއަރެންސް، އަމާނާ ތަކަފުލް، އެސްޑީއެފްސީ، އެފްޑީސީ، ރާއްޖެ އޮންލައިން، އުރީދޫ މޯލްޑިވްސް، އެމްއެމްއޭ، ވިލާ ޓްރެވަލްސް، ވިލާ ކޮލެޖް އަދި ވިލާ ޝިޕިން އެންޑް ޓްރޭޑިން އެވެ.
ކުއިޒް ކުރިއަށް ގެންދާނީ ރެޕިޑް ފަޔާ ސްޓައިލްގަ އެވެ. ކޮންމެ ޓީމަކަށްވެސް ދެވިފައިވާ ދޮޅު މިނެޓުގެ ތެރޭގައި ވީހާ ވެސް ގިނަ ސުވާލުތަކަށް ޖަވާބު ދޭންޖެހެ އެވެ.
Comment