Advertisement

އަފްގާން އަންހެނުން އދ. ގައި މަސައްކަތް ކުރުން މަނާކޮށްފި

6 އޭޕްރީލް 2023 - 09:13 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަފްގާނިސްތާނުގައި އދ. އިން ހިންގާ ގިނަ ޕްރޮޖެކްޓުތަކުގައި އަންހެނުން މަސައްކަތް ކުރޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް


އަފްގާން އަންހެނުން އދ. ގައި މަސައްކަތް ކުރުން މަނާކޮށްފި

6 އޭޕްރީލް 2023 - 09:13 0

އަފްގާނިސްތާނުގެ އަންހެނުން އދ. ގެ ޕްރޮގްރާމްތަކުގައި ވަޒީފާ އަދާކުރުން ތާލިބާން ސަރުކާރުން މަނާކުރުމުން، އދ. އިން އެކަން ކުށްވެރިކޮށްފި އެވެ.

އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލެއްވީ އެ ނިންމުން ވަގުތުން ބަދަލު ކުރުމަށެވެ. އެއީ ތަފާތު ކުރުން ބޮޑު، ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ގުޓެރޭޒް ވިދާޅުވި އެވެ.

ތާލިބާނުން 2021 ވަނަ އަހަރު ވެރިކަމަށް އައި ފަހުން އަންހެނުންގެ ގިނަ ހައްގުތައް ވަނީ ހިފަހައްޓައިފަ އެވެ. އެގޮތުން ވަފީޒާ އަދާކުރުމާއި ތައުލީމް ހާސިލްކުރުން ވެސް މަނާކުރި އެވެ.

އދ. ގައި ވަޒީފާ އަދާކުރުން އަންހެނުންނަށް މަނާވީ ކީއްވެގެން ކަމެއް ތާލިބާނުން ނުބުނެ އެވެ. އަފްގާން އަންހެނުންނަށް މަނާވި ނަމަވެސް، އެހެން ގައުމުތަކުގެ އަންހެނުންނަށް އދ. ގެ ޕްރޮޖެކްޓުތަކުގައި އަފްގާނިސްތާނުގައި މަސައްކަތް ކުރެވޭނެ އެވެ.

އަފްގާނިސްތާނުގެ 23 މިލިއަން މީހުންނަށް އެހީ ފޯރުކޮށްދޭން އދ. އިން ގިނަ ޕްރޮޖެކްޓުތަކެއް ހިންގަ އެވެ. އެހީ ބޭނުންވާ އަންހެނުންނަށް އެހީ ފޯރުކޮށްދިނުމުގައި އަފްގާނިސްތާނުގެ އަންހެން މުވައްޒަފުން ދިޔައީ ބޮޑު ދައުރެއް އަދާކުރަމުންނެވެ.